ލޯނުތަކާ ގުޅުވައި ނަޝީދުގެ ތުހުމަތުތަކަށް ޗައިނާއިން އަނެއްކާ ވެސް ރައްދު ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކާއި ހިންގި މަޝްރޫއުތަކަކީ "ދަރަނީގެ މަޅި"އެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ދެއްކެވި ވާހަތަކަށް ޗައިނާއިން އަނެއްކާ ވެސް ރައްދު ދީފި އެވެ.

ބައިނަލް އަގްވާމީ އެކި ޕްލެޓްފޯމްތަކުގައި މީގެ ކުރިން ވެސް ޗައިނާއަށް ފާޑުވިދާޅުވެ ނަޝީދު ވާހަކަ ދައްކަވާފައިވާއިރު، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެސް އެމަނިކުފާނު ގެންދަވަނީ ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގެ ބިންތައް ފޭރެން ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

ނަޝީދުގެ ވާހަކަތައް ދޮގުކޮށް ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ، ޗައިނާ ސަރުކާރުގެ އެހީ އަދި ލޯނުގެ ދަށުން ރާއްޖޭގައި ގާއިމްކޮށްފައިވާ އުމްރާނީ ބިނާތަކާއި އެ ބިނާތައް ހުރި ބިންތަކުގެ މިލްކުވެރިކަން އޮންނަ ދައުލަތެއްގެ ގޮތުގައި އަބަދުވެސް އޮންނާނީ ދިވެހި ދައުލަތް ކަމަށެވެ.

"ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރިގަނެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ޗައިނާގެ އަގު ވައްޓާލަން ވެގެން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް، ދަރަނީގެ މަޅީގެ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް،" ޗައިނާއިން ނެރުނު ބަޔާނުގައިވެ އެވެ.

ޗައިނާގެ ޝިންހުއާ ނޫސް އެޖެންސީއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި އިންޓަވިއުއެއްގައި ޗައިނާއާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުންތަކަކީ ދެ ގައުމަށް ވެސް ފައިދާ އޮތް "ވިން-ވިން" މުއާމަލާތްތަކެއް ކަމަށް ވިދާޅުވެފައިވާ ކަން ވެސް ޗައިނާއިން ފާހަގަ ކުރި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ދިމާވުމުން ކުދި އިގްތިސޯދުތަކަށް ދިމާވި ދަތިތަކުގެ ސަބަބުން ޗައިނާގެ ދަރަނި ދައްކަން އޮތް މުއްދަތު ސަސްޕެންޑް ކޮށްދީފައިވެ އެވެ. އެކަން ފާހަގަކޮށް ޗައިނާއިން ބުނީ ދިވެހި ގިނަ ބަޔަކު ޗައިނާއިން ކޮށްދޭ ކަންކަން ބަލައިގަންނަ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ޗައިނާއިން ދޫކޮށްދިން މާލީ އެހީތެރިކަމަކީ ދަރަނީގެ މަޅިއެއްގެ ގޮތުގައި ސިފަކޮށް ދެކެވޭ ވާހަކަތަކުގެ ހަގީގީ ނިޔަތް ދިވެހިންނަށް ސާފުވާ ކަމަށް،" ނަޝީދުގެ ނަން ނުގެނެސް، އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް ރައްދު ދެމުން ޗައިނާއިން ބުނެފައިވެ އެވެ.

ޗައިނާއިން ދޫކުރި ލޯނުތަކުން ގާއިމްކޮށްފައިވާ ބައެއް އުމްރާނީ ބިނާތަކަކީ އެ ލޯނު އަނބުރާ ދެއްކޭނެ ވަރުގެ ކުރިއެރުމާއި ތަރައްގީ ލިބޭނެ ބިނާތަކެއްގެ ގޮތުގައި ވެސް ޗައިނާގެ ބަޔާނުގައި ސިފަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހިމެނެ އެވެ.

ޔާމީންގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ޗައިނާއާއެކު ބޭއްވިއިރު، ނަޝީދު އޭރުން ފެށިގެން ވެސް އެކި ޕްލެޓްފޯމްތަކުގައި ޗައިނާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.

ޗައިނާއަށް 1.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން އޮތްއިރު، މަޝްރޫއުތައް ހިންގާފައިވަނީ ދެ ގުނަ އަގެއްގައި ކަމަށް ނަޝީދު ތުހުމަތު ކުރައްވަ އެވެ. ނަޝީދުގެ މި ތުހުމަތުތައް ޗައިނާއިން ގެންދަނީ ދޮގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox