ނަޝީދުގެ ސަލާމަތީ ކަންކަމަށް ފާޑުކިޔަނީ ސިޔާސީވެގެން، ހަމަލާގެ ޝަރީއަތްތައް އަވަސްކުރޭ: އެމްޑީޕީ

އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން: ނަޝީދުގެ ސަލާމަތީ ކަންކަން އޮންނަ ގޮތުން އާންމުންނަށް އުނދަގޫވާކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ފާޑުކިޔައިފަ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން: ނަޝީދުގެ ސަލާމަތީ ކަންކަން އޮންނަ ގޮތުން އާންމުންނަށް އުނދަގޫވާކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ފާޑުކިޔައިފަ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެމަނިކުފާނުގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔަނީ ސިޔާސީ ބޭނުންތަކެއްގައި ކަމަށާއި އަދި ހަމަލާގެ ތަހުގީގު ފުރިހަމަކޮށް ޝަރީއަތްތައް އަވަސްކުރަން އެމްޑީޕީން ވެސް ގޮވާލައިފި އެވެ.

ހަމަލާގެ ތަހުގީގު ފުރިހަމަކޮށް، ފަންޑުކުރި މީހުން ހޯދައި ދައުވާކުރަން އަދި ޝަރީއަތްތައް އަވަސްކުރަން ރައްޔިތުންގެ މަޖިލީސް، ނަޝީދުގެ އާއިލާ އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވެސް ވަނީ ހަމަލާއަށް އަހަރެއް ފުރުމާ ދިމާކޮށް ގޮވާލާފަ އެވެ. ހަމަލާއަށްފަހު ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި އޮތުމުން، އާންމުންނަށް އުނދަގޫވާތީވެ ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ފާޑުކިޔައިފަ އެވެ.

ނަޝީދު ނިސްބަތްވާ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި އެޕާޓީން ވެސް ގޮވާލީ ހަމަލާގެ ތަހުގީގުތައް ފުރިހަމަކޮށް، ޝަރީއަތްތައް އަވަސްކުރުމަށެވެ. އަދި ނަޝީދުގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަނީ ކަމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އެނގިތިބެ، ސިޔާސީ މަގުސަދެއްގައި ނަޝީދުގެ ނަން ކިލަނބުކުރުމަށް ކަމަށް އެމްޑީޕީން ސިފަކުރެ އެވެ. އެ ޕާޓީން ނެރުނު ބަަޔާނުގައި ވަނީ އެ ފިޔަވަޅުތަކަށް މަރުހަބާ ކިޔައިފަ އެވެ.

އެމްޑީޕީން ބުނީ އިސްލާމްދީނުގެ އަދުއްވެއްގޮތަށް ސިފަކޮށް ނަޝީދަށް ދިން އެ ހަމަލާއަކީ ޖޯޝާއި ހިތްވަރާއެކު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން ހިންގި ޖަރިމާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެ ހަރުކަށި ވިސްނުން ނައްތާލުމަށްޓަކައި ވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިޕާޓީން ދެކެން،" އެ ބަޔާނުގައި ބުނެ އެވެ.

އަދި ހަމަލާއަށް އަހަރެއްވެފައިވާއިރު ހަމަލާގެ ތަހުގީގުތައް ފުރިހަމަކޮށް ދައުވާ އުފުލާފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން އެ ބަޔާނުގައި ގޮވާލި އެވެ. އަދި އެފަދަ ދެވަނަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ގޮވާލި އެވެ.

ނަޝީދަށް ދިން ބޮމުގެ އެ ހަމަލާއަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އަމާޒުކޮށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެ ހަމަލާގެ ސަބަބުން ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

"ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުގީގަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް މިޕާޓީން ދެކެން،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެ އެވެ.

އެމްޑީޕީން އިތުރަށް ބުނީ އެ ހަމަލާއިން ނަޝީދުގެ ފުރާނަ ސަލާމަތްވުމަކީ ޑިމޮކްރެސީއަށް ލިބިގެން ދިޔަ ނަސްރެއް ކަމަށެވެ. އަދި ހަމަލާއިން ލިބުނު ޒަހަމްތަކާއި އެ ހާލަތުން އަރައިގަތުމަށް ނަޝީދު ދެއްކެވި ހިތްވަރަށް ފަހުރުވެރިވާކަމަށް ވެސް އެމްޑީޕީން އެ ބަޔާނުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox