ސުލްހަވެރިކަމާއެކު މޭޑޭ ރެލީ ބާއްވައި، މަސައްކަތްތެރިންގެ އަޑު އިއްވައިފި

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނަން ބޭއްވި ރެލީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނަން ބޭއްވި ރެލީ. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހިނގާލުމެއް ބާއްވައިފި އެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ)އިން ބޭއްވި އެ ހިނގާލުން މިއަދު ހަވީރު ފެށީ ރަސްފަންނު ސަރަހައްދުންނެވެ.

ރަސްފަންނުން ފެށި ހިނގާލުން ބޮޑުތަކުރުފާނު މަގުން ގޮސް، އަމީނީ މަގު ހުރަސްކޮށް، ހިނގާލުން ނިންމާލީ ކާނިވާ ސަރަހައްދު ކައިރިންނެވެ.

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު
މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

ރެލީގެ ބައިވެރިން އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިއްބެވެ. "މިނިމަމް ވޭޖް ރިވިއު ކުރޭ"، "މަސައްކަތްތެރިންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލާ"، "ޓީޗަރުންގެ އޯޓީ ލިމިޓު ނުކުރޭ"، "ސިއްހީ ދާއިރާގެ މުސާރަތައް ވެސް ބޮޑުކުރޭ"، ފަދަ ޝުއޫރުތައް އޭގެ ތެރޭގައި ހިމެނެ އެވެ.

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު
މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ވެސް ރެލީގެ ބައިވެރިން ހިފައިގެން ތިބި ބެނާތަކާއި ބޯޑުތަކުގައި ލިޔެފައިވެ އެވެ.

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު
މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

މަަސައްކަތްތެރިންގެ ކަންބޮޑުވުތަކުގެ އަޑު އުފުލަން ބޭއްވި މޭޑޭ ރެލީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

މި ރެލީ އެންމެ ފުރަތަމަ ބާއްވަން ރާވާފައި އޮތީ މަޖީދީ މަގު ހުރަސްކޮށްދާ ގޮތަށެވެ. ނަމަވެސް އެ ގޮތަށް ރެލީ ބާއްވަން ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަޖީދީ މަގުގައި ރެލީ ބާއްވަން ހުއްދަ ނުދިނީ ރޯދަ މަހުގެ ހަވީރު ވަގުތު އެ މަގުގެ ޓްރެފިކް ބޮޑުވެ ބާރު ބޮޑުވާތީ އެވެ.

ފަހުން އެމްޓީޔޫސީއާ މަޝްވަރާ ކުރުމަށް ފަހު، އަމީނީ މަގު ހުރަސްކޮށް ގެންދާ ގޮތަށް ރެލީ ބާއްވަން ހުއްދަ ދިނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox