ހުލާސާކޮށް އިއްޔެ: މާރާމާރީތަކާ ގުޅިގެން ނުރައްކާތެރި ހަތް މީހަކު ހޯދަން އިއުލާނުކުރުން

May 6, 2022, 1:36 AM
މާރާމާރީތަކާއި ގުޅިގެން ހޯދާ މީހުން. އެމީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ. ފޮޓޯ: ފުލުހުން

މާރާމާރީތަކާއި ގުޅިގެން ހޯދާ މީހުން. އެމީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ. ފޮޓޯ: ފުލުހުން

މާލޭގައި ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އިއްޔެ އެވެ.

މާލޭގައި އީދު ދުވަހު ދެ މާރާމާރީއެއް ހިނގައިދިޔައިރު، އޭގެ ފަހުން ވެސް ވަނީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައިފަ އެވެ. އެ މައްސަލަތައް ބަލަމުންދާއިރު، ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ހަތް މީހަކު ހޯދަން އިއްޔެ އިއުލާންކޮށްފަ އެވެ.

މާރާމާރީތަކާއި ގުޅިގެން ހޯދަމުންދަނީ:

  1. މައުސޫމް މުހައްމަދުދީދީ (27)، ކ. މާލެ، ދަފްތަރު ނަންބަރު 2260
  2. އަހުމަދު ޝިމްހާޒު (22)، ތ. ތިމަރަފުށި، ސީނުގެ
  3. ލޫޠު އަޙްމަދު އާސިފް (18)، ކ. މާލެ، މ. ލޮނުމިދިލިގެ
  4. އަހުމަދު ރަބީއު (24)، ގއ. މާމެންދޫ، ގްލޭނޫރަންމާގެ
  5. އަހުމަދު ނާޒިހު (27)، ގއ. ގެމަނަފުށި، ކެނެރީގެ
  6. މުނާދު ޖައުފަރު (20)، ސ. ހުޅުދޫ، ނާދީ
  7. އަހުމަދު ސާތިއު (21)، ސ. މަރަދޫ، ކޮރަލް

އެ މީހުން ހޯދަމުން ދަނީ މާރާމާރީގެ ސީދާކޮން މައްސަލައަކާ ހެދި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އީދު ދުވަހުގެ ހެނދުނު މަޖީދީ މަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދިނެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ 15 އަހަރުގެ ކުޑަކުއްޖެކެވެ. އަދި، އަނެކަކީ ގދ. ވާދޫ، އުނިމާގޭ، އުމުރުން 18 އަހަރުގެ ހަސަން ޒިޔާން އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން އިއްޔެ ބަންދުކޮށްފަ އެވެ. އަދި، ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ ހަތް ދުވަސް އިއްޔެ ޖަހައިދީފަ އެވެ.

ނަމަވެސް، މާލޭގައި މިހާރު ހިނގަމުންދާ އެ މާރާމާރީތައް ފެށިގެންދިޔައީ މާލޭގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި ހިނގައިދިޔަ އަރައިރުންތަކަކަށް ފަހު އެވެ. މާރާމާރީތަކާއި ގުޅިގެން ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓަކުން ފަސް މީހުން ވެސް ހައްޔަރުކުރި އެވެ.

ސިލްސިލާ މާރާމާރީތަކެއް ފެށުނީ، މާލޭގައި މިފަހުގެ އަހަރުތަކުގައި އެފަދަ މާރަމާރީތައް ހިނގުން މުޅިންހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ. މާރާމާރީތަކާއެކު ފުލުހުން ދަނީ މިހާރު ޕެޓްރޯލްކުރުން އިތުރުކޮށް، މަގުމަތީ ޗެކްޕޮއިންޓްތަކާއި ރެންޑަމްކޮށް ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.

ބައެއް މުހިންމު ހަބަރުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންތާ އަހަރެއް ވެގެން ދިޔައިރު ވެސް އިންސާފު ގާއިމް ކުރުން ލަސްވެގެން ދާތީ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނީ އިއްޔެ އެވެ.

  • މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ތ. ދިޔަމިގިލީގައި އެރަށު މުދިމަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުވާ އެރަށު ހަސަން ސާމިދު ހުސައިން، 35، ގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަަމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލީ އިއްޔެ އެވެ.
  • ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭއިން ކަހާލައި ހާދިސާއެއް ހިނގީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް އަހަރެއް ވާއިރު ވެސް އިންސާފު ގާއިމުކުރެވިފައި ނުވާތީ އެމަނިކުފާނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:

"ސިޔާސީ ގޮތުންނާއި، އަދި ގާތް ތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވާން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވޭ،"

ދުވަހުގެ ފޮޓޯ

ހިޔާ ސަރައްދުގައި މީހުން އުޅެންފެށިފަހުން އައި ފުރަތަމަ އީދު އެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރިން މި ހަރަކާތް އުރީދޫއިން ސްޕޮންސަ ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ ކުޅިވަރުތަކުގައި ބައިވެރިވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ހިޔާ ސަރައްދުގައި މީހުން އުޅެންފެށިފަހުން އައި ފުރަތަމަ އީދު އެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރިން މި ހަރަކާތް އުރީދޫއިން ސްޕޮންސަ ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ ކުޅިވަރުތަކުގައި ބައިވެރިވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިޔާ ސަރައްދުގައި މީހުން އުޅެންފެށިފަހުން އައި ފުރަތަމަ އީދު އެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރިން މި ހަރަކާތް އުރީދޫއިން ސްޕޮންސަ ކުރިއިރު، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ވަނީ ކުޅިވަރުތަކުގައި ބައިވެރިވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ރެޕިޑް ސިޓުއޭޝަން އެސެސްމަންޓު އޮފް ގޭންގްސް އިން މާލެ"

މިއީ މާލެ ސަރަހައްދުގައި ގޭންގު ކުށްތަކުގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް 2012 ވަނަ އަހަރު އޭޝިއާ ފައުންޑޭޝަނުން ނިންމި އަދި ޔުނިސެފުން ޝާއިއުކުރި ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ޒުވާނުން ގޭންގުތަކާއި ގުޅެން މެދުވެރިވާ ސަބަބުތަކާއި، ގޭންގު ކުށްތައް މަދުކުރުމުގައި ފުލުހުންނާއި، ކަމާ ގުޅޭ އިދާރާތަކާއި އަދި މުޖުތަމައުގެ ދައުރު އޮތް މިންވަރުގެ އިތުރުން ގޭންގު ކުށްތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox