އެމްޑީޕީގެ އާންމު މެންބަރުން ނަޝީދުގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

May 23, 2026, 7:48 PM
ހއ. މާރެންދޫގައި މީކާއިލް ވާހަކަ ދައްކަވަނީ.

ހއ. މާރެންދޫގައި މީކާއިލް ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދެންޖެހޭނެ ވަރުގެ ކަމެއް ނެތް ކަމަށާއި، ޕާޓީގެ ލީޑަރުންނަށް މިއަދު ލިބިވަޑައިގެންފައިވާ ހުރިހާ ޝަރަފަކާއި އިއްޒަތަކީ އާންމު މެންބަރުންގެ ގުރުބާނީ ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދުވާފަރުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދުމަށް އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ބުނުމުން މައާފަށް އެދިވަޑައިގަތުމަށް ފަހު ނަޝީދު ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ވެސް އެ މަނިކުފާނު އަރިހުން މައާފަށް އެދެން ޖެހޭ ކަމަށެވެ. 

ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި

އެމްޑީޕީ ދޫކޮށްލުމަކީ ލިބުނު ހިތާމައެއް ކަމަށް ވިދާޅުވެ، އެ ނިންމެވުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދު ވިދާޅުވީ ޕާޓީ ދޫކޮށްލަން ޖެހުނީ އޭރުގެ ސަރުކާރާ އުފެދުނު ޚިޔާލުތަފާތުވުންތަކާއި އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ދިޔަ ގޮތުން ކަމަށެވެ.

ނަޝީދު ވިދާޅުވި އެ ވާހަކައާމެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ މިއަދު ހއ. ކެލާގައި ބޭއްވި ބައްދަލުވުމެއްގައި މީހަކު ސުވާލު ކުރުމުން މީކާއީލް ވިދާޅުވީ ނަޝީދު ކަމުގައި ވިޔަސް ނުވަތަ އެހެން ބޭފުޅަކު ކަމުގައި ވިޔަސް، އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭނެ އެއްވެސް ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement

"ރައީސް ނަޝީދެއް ނޫން، އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ އަމިއްލަ މަސައްކަތުން އެ މަގާމަށް ވަޑައިގެންނެވި ބައެއް ނޫން ކަމަށާއި، އެއީ އާންމު މެންބަރުން އެތައް އަހަރެއް ވަންދެން ވީ ބޮޑެތި ގުރުބާނީތަކެއްގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައިސް ކަމަށް ގެނައީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، ރައީސް ނަޝީދުވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް. އެހެންވެ، އެ ބޭފުޅުންގެ އެ ގުރުބާނީތަކަށް ފަހު، އެ ބޭފުޅުންނަށް އެ މަގާމުތަކާއި ދާއިމަށް އެ ލިބޭ އިނާޔަތާއި ޝަރަފާއި ދެންވެސް އޮތް އެއްޗެއް އެ ލިބެނީ އެމްޑީޕީގެ އާންމު މެންބަރުންނާ ހެދި،" މީކާއީލް ވިދާޅުވި އެވެ. 

"އެހެން ނަމަވެސް 2023 ގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އޭގެން އެއްވެސް ކަމަކަށް ރިއާޔަތް ނުކުރެވި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އެމްޑީޕީގެ އެތައްހާސް މެންބަރުންނެއް މަގުމަތި ކުރެވިގެން ދިޔަތަން. އެހެންމެވީމަ ކުރުކޮށް ދަންނަވާލާނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކައިރީގައި މައާފަށް އ

ދުވާފަރުގައި ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނުގެ ވެސް ގޯސްތަކެއް ހުރެދާނެ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް  ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުން ވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ތިބޭފުޅުން އަޅުގަނޑަށް މައާފަށް އެދެން. ހަމަ އަޅުގަނޑު ވެސް އެދެފިން. އަޅުގަނޑު އެދެފިން،" ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox