ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އަހަރެއް، ތަހުގީގު އަދިވެސް ފުޅާކުރަން އާއިލާއިން ގޮވާލައިފި

ރައީސް ނަޝީދުގެ އާއިލާ (ކ-ވ) ކޮއްކޮ ނަޝާތު، ބޭބެ ނާޝިދު، މަންމަ އާބިދާ، ބައްޕަ ސައްތާރު އަދި ކޮއްކޮ ނާޒިމް.

ރައީސް ނަޝީދުގެ އާއިލާ (ކ-ވ) ކޮއްކޮ ނަޝާތު، ބޭބެ ނާޝިދު، މަންމަ އާބިދާ، ބައްޕަ ސައްތާރު އަދި ކޮއްކޮ ނާޒިމް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންތާ އަހަރެއް ވެގެން ދިޔައިރު ވެސް އިންސާފު ގާއިމް ކުރުން ލަސްވެގެން ދާތީ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލާގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާއިރު، ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށް ޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް އާއިލާއިން އެދޭ ކަމަށެވެ.

"ހަމަލާގެ ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާއިރު ހަމަލާގެ ކުރީ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހައްމިއްޔަތު ކަން ދީފައި ނުވާތީ ވެސް ކަންބޮޑުވަމެވެ. މައްސަލައާ ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހްގީގް ކޮށްފައި ނެތުމުން," އާއިލާގެ ބަޔާނުގައިވެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު ގ. ކެނެރީން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަން ބޮޑީގާޑުންނާއެކު ވަޑައިގަންނަވަނިކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރަށް ބައެއް ބޮޑީގާޑުންނާއި ބައެއް އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި ހަމަލާއަށް ފަހު، ނަޝީދުގެ ސެކުއިރިޓީ ވަރުގަދަ ކޮށްފައިވާއިރު، އޭގެ ސަބަބުން ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ހިންގަވަމުން ގެންދެވި ހަރަކާތްތައް ހަނިވެފައިވާ ކަމަށް އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.

"ސިޔާސީ ގޮތުންނާއި، އަދި ގާތް ތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވާން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވޭ،" އެ ބަޔާނުގައިވެ އެވެ.

ނަޝީދުގެ އާއިލާގެ މެމްބަރުންނާއެކު އެމަނިކުފާނު ނަންގަވާފައިވާ ފޮޓޯއެއް. ހަމަލާއަށް އަހަރެއް ވާއިރު ވެސް އިންސާފު ނުލިބޭތީ އާއިލާގެ ކަންބޮޑުވުން އެބައޮތް
ނަޝީދުގެ އާއިލާގެ މެމްބަރުންނާއެކު އެމަނިކުފާނު ނަންގަވާފައިވާ ފޮޓޯއެއް. ހަމަލާއަށް އަހަރެއް ވާއިރު ވެސް އިންސާފު ނުލިބޭތީ އާއިލާގެ ކަންބޮޑުވުން އެބައޮތް

ނަޝީދުގެ އާއިލާގެ މެމްބަރުންނާއެކު އެމަނިކުފާނު ނަންގަވާފައިވާ ފޮޓޯއެއް. ހަމަލާއަށް އަހަރެއް ވާއިރު ވެސް އިންސާފު ނުލިބޭތީ އާއިލާގެ ކަންބޮޑުވުން އެބައޮތް

ނަޝީދު ޒަހަމްވެފައިވަނިކޮށް އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ ބޮޑީގާޑުންނާއި، އެމަނިކުފާނަށް ފުރަތަމަ ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުންނަށް އާއިލާއިން ޝުކުރު އަދާކޮށްފައިވެ އެވެ. ހަފުތާއެއްހާ ދުވަހު ކުރި އެތައް އޮޕަރޭޝަންތަކަށް ފަހު ނަޝީދު ސަލާމަތްވީ ހަނި ގޮތަކަށެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބޮޑު އިންކުއަރީއެއް ހިންގުމަށް ފަހު 40 އަށް ވުރެ ގިނަ ހުށަހެޅުންތައް ވެސް ސަރުކާރަށް ހުށަހެޅި އެވެ. އެއިން ބައެއް ކަންކަމަށް ފިޔަވަޅު އަޅާފައިވާއިރު ބައެއް ކަންކަން އަދިވެސް ތަންފީޒެއް ނުވެ އެވެ.

އެއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ނަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތަހުގީގީ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރެއިން ހުކުމް އިއްވުނީ ހަމަލާ ދޭން އަތަމަ ޕެލޭސް ކައިރީ ރިމޯޓު ހިފައިގެން ހުރެ، އެ ރިމޯޓް މެދުވެރިކޮށް ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް އެކަންޏެވެ. އަދުހަމް ކުށަށް އިއުތިރާފް ވެފައިވެ އެވެ. ދެން ވެސް އިތުރު ހަ މީހެއްގެ މައްޗަށް ދައުވާ އުފުލައިގެން އޭގެ ޝަރީއަތް ކޯޓުގައި ފެށި އެވެ.

މީގެ ކުރިން ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ އަހްމަދު ރިލްވާންއާއި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ވެސް ތިބީ އެ ވިސްނުމުގެ ޓެރަރިޒަމް ހިންގަން ތިބި ބަޔަކު ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox