ހަމަލާގެ ޝަރީއަތާއި ގުޅިގެން ނަޝީދުގެ ވަކީލުން ފާޑުކިޔުން ކޯޓުތަކާއި ޕީޖީއަށް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މޭ ހައެއް ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ހަމަލާއާ ގުޅިގެން އިތުރު މީހުންގެ މައްޗަށް ދައުވާ ނުކުރާތީ ނަޝީދުގެ ވަކީލުން ވަނި ޕީޖީ އޮފީހަށް އަމާޒުކޮށް ފާޑުކިޔައިފަ. ފޮޓޯ: ފައިލް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މޭ ހައެއް ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ހަމަލާއާ ގުޅިގެން އިތުރު މީހުންގެ މައްޗަށް ދައުވާ ނުކުރާތީ ނަޝީދުގެ ވަކީލުން ވަނި ޕީޖީ އޮފީހަށް އަމާޒުކޮށް ފާޑުކިޔައިފަ. ފޮޓޯ: ފައިލް

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން އަމާޒުކޮށް މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހު ދިން ހަމަލާގެ ޝަރީއަތްތަކާއި ގުޅިގެން ނަޝީދުގެ ވަކީލުން ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އަމާޒުކޮށް ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވަކީލުން، އިނގިރޭސިވިލާތުގެ ޑޯޓީ ސްޓްރީޓް ޗޭމްބާޒްގެ ކާސްޓީ ބްރިމްލޯ ކިއުސީ އަދި ރާއްޖޭގެ ލޯ ފާމް ލިޓިގެންޓްސް އެލްއެލްޕީން ނެރުނު ބަޔާނެއްގައި ވަނީ ކޯޓުތަކުން ހަމަލާގެ ޝަރީއަތްތައް ނިންމަން ތާވަލެއް ކަނޑަނާޅާތީވެ، އަދި ޕީޖީ އޮފީހުން ވެސް މައްސަލައިގެ ބައެއް އިސް މީހުންނަށް ދައުވާނުކުރާ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

ހަމަލާއަށް އަހަރެއް ފުރުމާއި ދިމާކޮށް އިނގިރޭސިބަހުން ނެރުނު އެ ބަޔާނުގައި ބުނީ އެފަދަ ބޮޑު ހަމަލާއެއް ދިނުމުން ވެސް އެ ހަމަލާގެ ޝަރީއަތްތަކާއި ދައުވާ އުފުލުގެ މަރުހަލާތައް ވެސް ދޯހަޅިވެ ލަސްވަމުންދާ ކަމަށެވެ. އަދި މިދިޔަ ނޮވެމްބަރު މަސް ތެރޭ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައިގެ ތާވަލެއް ކަނޑައެޅުމަށް އެދުމުން، އަދިއަދަށް ވެސް އެފަދަ ތާވަލެއް ކޯޓުން ކަނޑައަޅާފައިނުވާކަމަށް އެ ބަޔާނުގައި ބުނެ އެވެ.

ނަޝީދުގެ ވަކީލުން ބުނީ އެފަދަ ތާވަލެއް، ދިމާވެދާނެ ހާލަތަކާހެދި ފަހުން ބަދަލު ގެންނަ ގޮތަށްވި ނަމަވެސް، ކަނޑައެޅިއްޖެނަމަ ދިފާއާއި ޕީޖީ އޮފީސް ވެސް މައްސަލައިގައި ފުރިހަމައަށް ޝާމިލުވެ ސަމާލުގައި ތިބުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މައްސަލައިގައި ހެކިބަސްދޭ މީހުން ވެސް އެކަންކުރުމަށް އެންމެ ފުރިހަމަ ހާލަތުގައި ތިބުމަށް ފަސޭހަވެގެންދާނެ ކަމަށް ނަޝީދުގެ ވަކީލުން އެ ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ވެސް ނަޝީދުގެ ވަކީލުން ވަނީ އެ ހަމަލާއާ ދިނުމަ ހިސާބަށް ހިނގައިދިޔަ ޓެރަރިޒަމްގެ ކަންކަމުގައި އިސް ދައުރެއް އަދާކުރި ފަރާތްތަކާއި ދެކޮޅަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައިނުވާކަމަށް ވެސް ބުނެފަ އެވެ.

ނަޝީދުގެ ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނީ، ގަބޫލުކުރެވޭ މުއްދަތެއްގެ ތެރޭގައި ޝަރީއަތް ހިންގައި ނިންމުމަކީ ރާއްޖެއިން ސޮއިކޮށް ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ބަޔާންކުރާ ކަންކަމަށެވެ.

އެ ބަޔާނުގައި ނަޝީދުގެެ ފަރާތުން ގޮވާލީ، މައްސަލައިގެ ޝަރީއަތްތައް ކުރިޔަށްގެންދާނެ ދުވަސްތަކެއް ކަނޑައަޅައި، އެ ހަމަލާގައި ހިމެނޭކަމަށް ހެކި ލިބިފައިވަ އެހެން މީހުންނާ ދެކޮޅަށް ވެސް ދައުވާ އުފުލުމަށެވެ. ނަޝީދުގެ ވަކީލުން މިހެން ގޮވާލެއްވިއިރު، ރައްޔިތުންގެ މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ އަދި ނަޝީދުގެ އާއިލާއިން ވެސް ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ގޮވާލައްވާފަ އެވެ.

ގާތްގަނޑަކަށް ދެ އަހަރު ދުވަސްވަންދެން ރާވަމުން އައިސް ދިން އެ ހަމަލާއާ ގުޅިގެން ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް އަހުމަދު ވަނީ އޭނާއާ ދެކޮޅަށް ކުރި ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި އަބްދުﷲ އަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް ވެސް އަދި އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox