ނަޝީދު ހަމަލާއަށް އަހަރެއް: ޝަރީއަތް ނުހިނގާތީ މަޖިލިހުން ކަންބޮޑުވުން

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ދުވަހު އެ ސަރަހައްދުގައި ސަލާމާތި ބާރުތަކުން ހަރަކާތެރިވަނީ. -- ފޮޓޯ: އަދަދު ފައިލް

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ދުވަހު އެ ސަރަހައްދުގައި ސަލާމާތި ބާރުތަކުން ހަރަކާތެރިވަނީ. -- ފޮޓޯ: އަދަދު ފައިލް

މީގެ ބަރާބަރު އަހަރު ދުވަސް ކުރިން މޭ 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށް މިހާ ދުވަސްވީއިރު އެންމެ ކަންބޮޑުވަނީ އޭގެ ތެރެއިން ގިނަ މީހުންގެ ޝަރީއަތް ހުއްޓިފައިވާ މައްސަލައިގައި ކަމަށް ރައްޔިތުންގެ މަޖިލިހުން ބުނެފި އެވެ.

ނަޝީދަށް ހަމަލާދިނީ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.

ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވި އެވެ.

ދީނީ ގޮތުން ހައްދުފަހަަނައަޅާފައިވާ ފިކުރުގެ ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އަހަރު ދުވަސް ފުރުމާ ގުޅިގެން މަޖިލިހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ އެވެ. އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމުގައިވީ ނަމަވެސް، އެ ހަމަލާ އަމާޒުވީ މުޅި މުޖުތަމައުއަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމައާ ދެކޮޅަށް ދިން ހަމަލާއެކެވެ. ގާނޫނުގެ ބާރާއި ދީމިގްރާތީ މުއައްސަސާތަކަށް ދިން ހަމަލާއެއް ވެސްމެ އެވެ. ދިވެހިން ނަގާކޮޅަށް ޖަހާފައިވާ މުޅި އިގުތިސޯދަށް ވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަސައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް،" ރައްޔިތުންގެ މަޖިލިހުގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދި ބިރުވެރިކަން ވަނީ އުފެދިފަ އެވެ. ހަމައެހެންމެ މި ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ މިނިވަންކަމުގެ ހައްގު ހިފެހެއްޓިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މަޖިލިހުން ބުނީ އިންސާފު ނުލިބޭހާ ހިނދަކު، އެ ހައްގުވަނީ ހަނިކުރެވިފައި ކަމަށެވެ.

"އެ ހަމަލާއަށް އިންސާފު ލިބިވަޑައި ނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާ އެކު ދިރިއުޅުއްވުމުގެ ހައްގުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ އެވެ." ރައްޔިތުންގެ މަޖިލިހުގެ ބަޔާނުގައި ބުންޏެވެ.

މަޖިލިހުގެ ބަޔާނާ ދާދި އެއް މޭރުމަކުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިން ނެރުއްވި ބަޔާނެއްގައި ތަހުގީގުގެ ދުވެލި ކުރީކޮޅު ބާރަށް ދިޔަ ނަމަވެސް، އެފަހުުން ޝަރީއަތްތައް ހުއްޓިފައިވާ ކަމަށެވެ. އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި އީވާ އިތުރަށް ވިދާޅުވީ ޝަރީއަތް ނުނިމުނު ތަނުގައި، އަހަރެއް ވީއިރުވެސް އެ ހަމަލާއަށް ފައިނޭންސް ކުރި މީހުން ދެނެގެނެފައި ނުވަތީ ނުހަނު ކަންބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން އެ ހަމަލާއާ ގުޅިގެން ހިންގި ޕާލިމެންޓްރީ އިންކުއަރީގައި ސަރުކާރަށް ލަފާދިން އެއްވެސް ކަމެއް މިހާތަނަށް ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާ މައްސަލަ އީވާ ފާހަގަކުރެއްވި އެވެ. އަދި އިންސާފު ނުލިބޭ ކޮންމެ ވަގުތަކީ ހަމަލާދޭން ފައިނޭންސް ކުރި މީހުންނާއި އެކަމުގައި ބައިވެރި އެހެން މީހުންނަށް ފިލެން ލިބޭ އިތުރު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރެވުނު 9 މީހުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ނިމުނީ އެކަކުގެ އެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި ކަމަށް އިއުތިރާފުވީ އަހުމަދު އަދުހަމް ރަޝީދެވެ. ބާކީ މީހުންގެ ޝަރީއަތްތައް އެކި ސަބަބުތަކާ ހެދި އަދި ކުރިޔަށް ދަނީ ލަސްކޮށެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން ވެސް ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ތަކުރާރުކޮށް ޝަރީއަތްތައް ލަސްވުމާއި، ފައިނޭންސް ކުރި ބަޔަކު ނުހޯދުމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ހިއްސާކޮށްފަ އެވެ. އެކަމަކު ފުލުހުން ވަނީ ފަންޑު ކުރި ބަޔަކު ތިބި ކަމަށް ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox