ޖިއާނީ އިންފަންޓީނޯ
68 ލިޔުން
ފަހުގެ
ކުޅިވަރުފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް
އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.
ކުޅިވަރުއިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި
ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް
