ފީފާގެ ރައީސް އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

Oct 18, 2026, 9:52 PM
ފީފާގެ ރައީސް އިންފަންޓީނޯ އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ކޮމިޓީ ބައްދަލުކުރަނީ

ފީފާގެ ރައީސް އިންފަންޓީނޯ އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ކޮމިޓީ ބައްދަލުކުރަނީ

ޑާކާ، ބަންގްލަދޭޝް (އޮކްޓޫބަރު 19) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް ޒިޔާރަތް ކުރައްވައިފި އެވެ. 

މިއީ، މޮރޮކޯ އިން ބޫޓާންގެ ތިމްޕޫ އަށް ކުރައްވާ ދަތުރުގެ ތެރެއިން، ބަންގްލަދޭޝްގައި ކުރި ޓްރާންސިޓެކެވެ. ދެ ގަޑިއިރެއްހާއިރުގެ މި ޓްރާންސިޓްގައި، ބަންގްލަދޭޝްގެ މައި އެއާޕޯޓް، ހަޒުރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި އިންފަންޓީނޯ ވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ތާބިިތު އައްވަލް އާއި ހިންގާ ކޮމިޓީއާ އެކު ބައްދަލުވުންތަކެއް ކުރިއަށްގެންދަވައިފަ އެވެ. 

މި ބައްދަލުވުމުގެ ތެރޭގައި، ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ކޮމިޓީ އަށް އިންފަންޓީނޯ ވަނީ ކުރިއަށް އޮތްތަނުގައި ރަސްމީ ދަތުރުފުޅެއްގައި ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި، ދެން، ބަންގްލަދޭޝް އަށް ވަޑައިގަންނަވާނީ އެ ގައުމުގެ ފުޓްބޯޅަ އަށް ބޮޑެތި މަސައްކަތްތަކެއް ފަހިކޮށްދޭ ޕްރޮޖެކްޓްތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ. 

Advertisement

ބަންގްލަދޭޝްގެ ފުޓްބޯޅަ ރައީސް، ތާބިތު ވަނީ، އެ ގައުމުގެ ސަރުކާރުން ފުޓްބޯޅަ ފެޑެރޭޝަނަށް 15 އޭކަރުގެ  ބިން ދިފައިވާ ކަމަށާއި އެ ތަނުގައި، ސްޓޭޑިއަމްތަކެއް އެޅުމުގެ މަސައްކަތް ފީފާއާ ގުޅިގެން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. 

އިންފަންޓީނޯ ވަނީ މީގެ ހަތް އަހަރު ކުރިން، ބަންގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ މި ދަތުރުފުޅުގައި، އޭރު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ކާޒީ ސަލާހުއްދީންއާ އެކު، ގިނަ އިވެންޓްތަކެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، އިންފަންޓީނޯ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެއީ، 19 އަހަރަށް ފަހު، ފީފާގެ ރައީސަކު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަަމަ ފަހަރެވެ. 

ފީފާގެ ރައީސަކަށް ހަތަރު ވަނަ ދައުރަކަށް އަންނަ އަހަރު ވާދަކުރައްވަން އިންފަންޓީނޯ ވަނީ ކެންޑިޑެސީ އިއުލާނުކުރައްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ދުރުކުރަން ގިނަ ކަންތައްތަކެއް އަންނަނީ ހިނގަމުންނެވެ. 

އިންފަންޓީނޯ މަގާމު ދުރުކުރަން އެންމެ ބޮޑަށް މަސައްކަތްކުރަނީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އާއި އުތުރު/ސެންޓްރަލް/ކެރީބިއަން އައިލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންކަކަފް އިންނެވެ.

ޔުއެފާ އާއި ކޮންކަކަޕް އިން އިންފަންޓީނޯއާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ފެށީ، ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލާ ޑީލް، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ސަބަބުންނެވެ. އެފްއެފްއީ އަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކާ އެކު ފީފާ އިން ކުރިއަށްގެންދަން އުޅުނު ޑީލެކެވެ. ފަހުން ޕްރެޝަރުތަކާ އެކު އެ ޑީލް ވަނީ ނިމުމަކަށް އަތުވެފަ އެވެ. އެ ޑީލްގެ ލިޔެކިޔުންތައް ހޯދަން، ޔުއެފާ އިން ވަނީ އެމެރިކާގެ ކޯޓަކަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. 

ދާދި ފަހުން، ކުރިއަށްދިޔަ ފީފާ ކައުންސިލް ބައްދަލުވުމުގައި، އިންފަންޓީނޯ ވަނީ ކުރިން ވެދިޔަ ކަންތައްތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، ގިނަ މެމްބަރު އެސޯސިއޭޝަންތަކުން ކުރިމަތިކުރުވާ ސުވާލުތަކަށް އިންފަންޓީނޯ އަށް ޖަވާބެއް ނުދެވުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox