ފީފާ ރައީސަކަށް ކުރިމަތިލާން އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

Nov 19, 2026, 9:50 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ލަންޑަން (ނޮވެމްބަރު 19) - ފީފާގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން އިނގިރޭސި އެފްއޭ އިން ބެލި ކަމަށް ބުނެފި އެެވެ. 

ސެޕް ބްލެޓާ، 2015 ވަނަ އަހަރު ފީފާގެ ރައީސް ކަމުން ދުރުވެ، އޭގެ އަހަރެއް ފަހުން، ފީފާ ރައީސަކަށް އިންތިހާބުވި އިންފަންޓީނޯ ވަނީ މަގާމަށް އިންތިހާބުވެވަޑައިގަތުމަށް ފަަހު، ފީފާ ރައީސް ކަމުގައި ޖެހިޖެހިގެން ހުރެވޭނީ ތިން ދައުރު ކަމަށް ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން، ފީފާ ކައުންސިލުން 2022 ވަނަ އަހަރު ނިންމާފައިވަނީ، އިންފަންޓީނޯ، 2016-2019 އަށް ފީފާ ރަައީސްކަން ކުރެއްވި ދައުރަކީ އެއްކޮށް ހަތަރު އަހަރުގެ މުއްދަތަކަށް އޮތް ދައުރެއް ނޫން ކަމަށާއި އެއީ، ބްލެޓާގެ އިސްތިއުފާ އަށް ފަހު، އެ ދައުރުގެ ބާކީ މުއްދަތެއް ފުރިހަމަ ކުރުން ކަމަށެވެ. އެހެންވުމާ އެކު، އިންފަންޓީނޯގެ ސީދާ ފުރިހަަމަ ދައުރުތައް ގުނަން ފަށާނީ، 2019 އިން ފެށިގެން އައި ދެ ދައުރުތަކަށް ކަމަށް ފީފާ ކައުންސިލުން ވަނީ ކަނޑައަޅައިފަ އެވެ.

މި މަހުގެ ކުރީކޮޅުގައި، ހިއުމަން ރައިޓްސްގެ ކެމްޕެއިން ގްރޫޕެއް ކަމަށްވާ ފެއާ ސްކޮޔާ އިން އިނގިރޭސި އެފްއޭ އަށް ވަނީ އިންފަންޓީނޯ، ތިން ދައުރެއް ފުރިހަމަ ކުރުމަށް ފަހު، ގަވާއިދު ބުނާގޮތުން، އިތުރު ދައުރަކަށް ކުރިމަތިނުލެއްވޭނެ ކަމަށް ބުނެ ސިޓީއެއް ފޮނުވައިފަ އެވެ.  އެ ސިޓީ އަށް ދިން ޖަވާބުގައި، އިނގިރޭސި އެފްއޭގެ ރައީސް، ޑެބީ ހެވިޓް ވިދާޅުވީ، އިނގިރޭސި އެފްއޭ އިން ގާނޫނީ ގޮތުން އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ބެލި ކަމަށެެވެ. އަދި، ފީފާ ކައުންސިލްގެ ނިންމުމެއް 2022 ގައި އައިސްފައި އޮތް ކަމަކަށް މިހާރު ޗެލެންޖެއް ނުކުރެވޭނެ ކަމަށް ހެވިޓް ވަނީ ވިދާޅުވެފަ އެެވެ. 

އިނގިރޭސި އެފްއޭ އިން އަންނަ އަހަރުގެ މާޗް މަހު ބާއްވާ ފީފާގެ އިންތިހާބުގައި ތާއީދުކުރާނީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ނެރުނު ކެންޑިޑޭޓް، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ފިލީޕޭ ޑިއާލޯ އަށެވެ. 

އިންފަންޓީނޯ އާއި ޑިއާލޯގެ އިތުރުން މުއްދަތު ހަމަވިއިރު، ފީފާ އިންތިހާބަށް ކެންޑިޑެސީ ހުށަހަޅާފައިވަނީ، ސްވިޒަލެންޑްގެ ރަމޮން ވޭގާ އާއި ޖަޕާން ފުޓްބޯޅައިގެ އޮނޮރަރީ ޕްރެޒިޑެންޓް، ކޯޒޯ ޓަޝީމާ އެވެ. 

 ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox