އިންފަންޓީނޯ، ފީފާގެ ރައީސަކަށް ބަހައްޓަން ޓްރަމްޕް އެހީތެރިވަނީ

Aug 4, 2026, 11:24 AM
އެމެރިކާގެ ރައީސް ޓްރަމްޕް (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

އެމެރިކާގެ ރައީސް ޓްރަމްޕް (ކ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 4) - ފީފާގެ ރައީސްގެ މަގާމުގައި ޖިއާނީ އިންފަންޓީނޯ ބެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް މަސައްކަތް ފައްޓަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ޖޫން/ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ފަހުން، އިންފަންޓީނޯ އާއި ޓްރަމްޕްގެ ގުޅުން ވަަރަށް ވަރުގަދަވެފައިވާއިރު، އެ ގުޅުމާ ބެހޭގޮތުން، 17 އަހަރު ފީފާގެ ރައީސްގެ މަގާމު ފުރުއްވި، ސެޕް ބްލެޓާ ވެސް ވަނީ ފާޑުކިޔުއްވި އެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ސަބަބުންނެވެ.

Advertisement

އެމެރިކާގެ ރައީސް ޓްރަމްޕްގެ ހިއްސާ އޮތް ތުރައިވް އެޓާނަލް އަށް ވޯލްޑް ކަޕްގެ ހިއްސާ ހިމެނޭ މި ޑީލް ދިނުން ހުއްޓުވީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ އިސް ނެގުމާ އެކު، އެ އަށް އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކަކަފް އަދި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީން ބާރު އަޅައިގެންނެވެ. 

ވައުދު ނުފުއްދާތީ ފީފާގެ ރައީސް އިންފަންޓީނޯ އަށް ޔުއެފާގެ އިތުބާރު ގެއްލިއްޖެ

ފީފާގެ ރައީސް އިންފަންޓީނޯ ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާތީއާއި، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލަން އުޅުމާ ގުޅިގެން ޔުއެފާގެ އިތުބާރު އޭނާއަށް ގެއްލިއްޖެ. ޔުއެފާއިން ބުނާގޮތުގައި ފީފާގެ މިހާރުގެ ލީޑަޝިޕުން ކަންކަން ކުރަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި، ފުޓްބޯޅަ އާއިލާގެ ގިނަ މެންބަރުންގެ އިތުބާރުވެސް އިންފަންޓީނޯ އަށް ކަމަށް

ޔުއެފާ އިން މިހާރު އަންނަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި، އެފްއެފްއީގެ ތަހުގީގެއް ކުރުމަށްޓަކައި ވެސް ޔުއެފާ އިން އިސްނަގާފައިވާއިރު، މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކަށް އޮތީ، އަންނަ އަހަރުގެ މާޗް މަހުގައި އޮތް ފީފާގެ އިންތިހާބުގައި، އިންފަންޓީނޯ ނޫން ފަރާތަކަށް ފީފާގެ ރައީސްކަން ދިނުމަށެވެ. 

ޓެލެގްރާފް ނޫހުން ރިޕޯޓްކުރާ ގޮތުގައި، އިންފަންޓީނޯ ވަނީ މަގާމު ދިފާއުކުރުމަށްޓަކައި، ޓްރަމްޕްގެ އެހީތެރިކަމަށް އެދިފަ އެވެ.

އިންފަންޓީނޯގެ މި އެދިލެއްވުމާ އެކު، މިހާރު ޓްރަމްޕް ހުންނެވީ އިންފަންޓީނޯ އަށް ފީފާގެ ރައީސްކަން އިތުރު ދައުރަކަށް ހޯދައިދިނުމަށްޓަކައި "ކުރެވުނު ހުރިހާ ކަމެއް" ކުރުމަށް އިސްނަންގަވައިގެންނެވެ. 

އިންފަންޓީނޯ އަށް އޮތް ސަޕޯޓް ދެއްކުމަށްޓަކައި، އޭޝިއާގެ ގިނަ ގައުމުތަކުން އަންނަނީ، އެފްއެފްއީ ކުރިއަށް ނުގެންދަން، ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔައި، އިންފަންޓީނޯގެ ލީޑަޝިޕަށް ޝުކުރު އަދާކުރަމުންނެވެ. އަދި، މި ކަމުގައި، އެފްރިކާ އާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. 

ކުރިއަށް އޮތް ފީފާގެ އިންތިހާބުގަޔާއި، މިހާރު ވެސް ފާޅުގައި އިންފަންޓީނޯ އަށް ސަޕޯޓް ނުކުރާނެ ކަމަށް އިއުލާނުކުރި ގައުމުތަކަށް ބަލާއިރު، ވޭލްސް އާއި އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox