ޔޫރަޕުން ބޮއިިކޮޓް ކުރާ އިންފަންޓީނޯ އަށް އެފްރިކާ އާއި ދެކުނު އެމެރިކާ އިން ތާއީދު

Aug 7, 2026, 11:35 AM
ކާފްގެ ރައީސް މޮޓްސެޕޭ އާއި ފީފާގެ ރައީސް އިންފަންޓީނޯ.

ކާފްގެ ރައީސް މޮޓްސެޕޭ އާއި ފީފާގެ ރައީސް އިންފަންޓީނޯ.

ކަސަބްލަންކާ، މޮރޮކޯ (އޮގަސްޓް 7) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ލީޑަޝިޕާއި ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމުގެ ވިސްނުން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ދަމަހައްޓާފައިވާކަން އިއުލާނުކޮށްފައިވަނިކޮށް، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކާފް އިން އިންފަންޓީނޯ އަށް ސަޕޯޓް އޮތްކަން އިއުލާނުކޮށްފި އެވެ. 

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ތެރެއިން ގޯސްތަކެއް ހެދިފައިވާތީވެ، ފީފާގެ ރައީސް، އިންފަންޓީނޯ މައާފަށް އެދިވަޑައިގަތެެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަގާމުގައި ދެމިހުރުމަށްޓަކައި، އަދި، އަންނަ އަހަރު މާޗް މަހު ބާއްވާ ފީފާގެ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތުގެ ތެރެއިން، އިންފަންޓީނޯ ވަނީ ފީފާގެ ލީޑަޝިޕްގެ އެކި ފަރާތްތަކާ އެކު، މޮރޮކޯގައި ބުދަ ދުވަހު ބައްދަލުވުމެއް ބާއްވައިފަ އެވެ.  

ފީފާގެ ރައީސް އިންފަންޓީނޯ މައާފަށް އެދިއްޖެ

ފީފާ ވޯލްޑް ކަޕް ހިމެނޭހެން މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު ޑީލުގައި ގޯސްތަކެއް ހެދިފައިވާތީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައާފަށް އެދިއްޖެ. މި ޑީލާ ގުޅިގެން ފީފާގެ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޔުއެފާ އިން ދަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން

އެ ބައްދަލުވުމަށް ފަހު، ފީފާގެ މެމްބަރު 211 ގައުމަށް އިންފަންޓީނޯ އާއި ފީފާގެ ޖެނެރަލް ސެކްރެޓަރީ، މަޓިއަސް ގްރަފްސްޓްރަމް ސޮއިކުރައްވައި ސިޓިއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އިންފަންޓީނޯ ވަނީ، އެފްއެފްއީގެ ޑީލްގެ ކަންކަމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެކަމާ މައާފަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެފްއެފްއީގެ ކަންތައްތައް ކުރިއަށްގެންދިޔައިރު، އެސޯއިއޭޝަންތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްނުދެވުން އެއީ ހެދުނު ގޯހެއް ކަަމަށާއި އެ ފަދަ ކަމެއް ދެން ތަކުރާރުނުވާނެ ކަމަށެވެ. 

އެއާ އެކު، ޔުއެފާ އިން ބަޔާނެއް ނެރެ ބުނެފައިވަނީ، އިންފަންޓީނޯއާ މެދު އެ ފެޑެރޭޝަނުން ދެކޭ ގޮތް ބަދަލުނުވާ ކަމަށާއި ފީފާގެ މުބާރާތްތައް މިހާރު އޮތް ލީޑަޝިޕްގެ ދަށުން ކުރިއަށްދާނަމަ، ޔޫރަޕްގެ ގައުމުތަކުން ބޮއިކޮޓްކުރުން ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ. 

ޔުއެފާގެ މި ބަޔާނަށް ފަހު، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކާފް އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އިން ވަނީ އިންފަންޓީނޯ އަށް ސަޕޯޓް އޮތްކަން އިއުލާނުކޮށްފަ އެވެ. 

ފީފާގެ މެމްބަރު 54 ގައުމު ހިމެނޭ އެފްރިކާ އަކީ، 2016 ވަނަ އަހަރު އިންފަންޓީނޯ، ފީފާގެ ރައީސަަކަށް އެންމެ ފުރަތަމަ އިންތިހާބުވި ހިސާބުން ފެށިގެން އޭނާ އަށް އެންމެ ސަޕޯޓް ބޮޑު ބައްރެވެ. 

ކާފްގެ ރައީސް، ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ، އެފްރިކާގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، އިންފަންޓީނޯގެ ލީޑަޝިޕުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެ ގޮތުން، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ޔޫރަޕާ ގުޅިގެން އެފްރިކާގައި ހޯސްޓްކުރަން ފީފާ އިން ދިން ފުރުސަތަކީ ވެސް އެފްރިކާ ފުޓްބޯޅަ އަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމުގެ ހެއްކެއް ކަމަށް މޮޓްސެޕޭ ވިދާޅުވި އެވެ. 

ދެން އޮތް ވޯލްޑް ކަޕް، 2030 ވަނަ އަހަރު އޮތީ ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯގަ އެވެ. 

ރިޕޯޓްތައް ބުނާގޮތުގައި، އެ ވޯލްޑް ކަޕްގެ ފައިނަލް މެޗު މޮރޮކޯގައި ކުޅޭގޮތަށް ނިންމުމަށްޓަކައި، އޭގެ ބަދަަލަކަށް، އިންފަންޓީނޯ ވަނީ އޭނާ އަށް ދެން އޮތް ފީފާގެ އިންތިހާބުގައި ސަޕޯޓްކުރަން މޮރޮކޯ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، ފީފާ އިން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. 

މި ފަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ސިޓީތަކަށް ފީފާ އިން ދޭން އެއްބަސްވެފައިވާ ފައިސާ ހަމަޖައްސައި ނުދޭ މައްސަލަ އާއި މިދިޔަ އަހަރު އެމެރިކާގައި ހޯސްޓްކުރި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޕޭމަންޓްތަކެއް ލަސްވެފައިވާ މައްސަލައިގައި ފީފާ އަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox