ފީފާގެ ރައީސް އިންފަންޓީނޯ މައާފަށް އެދިއްޖެ

Aug 6, 2026, 11:02 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ކަސަބްލަންކާ، މޮރޮކޯ (އޮގަސްޓް 6) - ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ތެރެއިން ގޯސްތަކެއް ހެދިފައިވާތީވެ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ މައާފަށް އެދިއްޖެ އެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަގާމުގައި ދެމިހުރުމަށްޓަކައި، އަދި، އަންނަ އަހަރު މާޗް މަހު ބާއްވާ ފީފާގެ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތުގެ ތެރެއިން، އިންފަންޓީނޯ ވަނީ ފީފާގެ ލީޑަޝިޕްގެ އެކި ފަރާތްތަކާ އެކު، މޮރޮކޯގައި އިއްޔެ ބައްދަލުވުމެއް ބާއްވައިފަ އެވެ.  

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހިއްސާ އޮތް ތުރައިވް އެޓާނަލް އަށް އެފްއެފްއީގެ ތެރެއިން، ވޯލްޑް ކަޕްގެ ހިއްސާ ހިމެނޭ މި ޑީލް ދިނުން ހުއްޓުވީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ އިސް ނެގުމާ އެކު، އެ އަށް، އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކަކަފް އަދި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީން ބާރު އަޅައިގެންނެވެ. 

Advertisement

ފީފާގެ ލީޑަޝިޕަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، މިދިޔަ އަންގާރަ ދުވަހު، ފީފާގެ ޖެނެރަލް ސެކްރެޓަރީ، މަޓިއަސް ގްރަފްސްޓްރަމް، ފީފާގެ އެކި ފަރާތްތަކަށް ފޮނުއްވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، މި ފަހުން މި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ފުޓްބޯޅަ ދުނިޔޭގެ ކުރިމަތީގައި ފީފާގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. 

އެއާ އެކު، އިއްޔެ، ފީފާގެ ސީނިއާ ވެރިންގެ ބައްދަލުވުމެއް މޮރޮކޯގައި ކުރިއަށްގެންގޮސް، ފީފާގެ މެމްބަރު 211 ގައުމަށް ވަނީ ސިޓިއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އިންފަންޓީނޯ ވަނީ، އެފްއެފްއީގެ ޑީލްގެ ކަންކަމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެކަމާ މައާފަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. 

އެ ސިޓީގައި އިންފަންޓީނޯ ވިދާޅުވީ، އެފްއެފްއީގެ ކަންތައްތައް ކުރިއަށްގެންދިޔައިރު، އެސޯއިއޭޝަންތަކަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްނުދެވުން އެއީ ހެދުނު ގޯހެއް ކަަމަށާއި އެ ފަދަ ކަމެއް ދެން ތަކުރާރުނުވާނެ ކަމަށެވެ. 

ޔުއެފާ އިން މިހާރު އަންނަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި، އެފްއެފްއީގެ ތަހުގީގެއް ކުރުމަށްޓަކައި ވެސް ޔުއެފާ އިން އިސްނަގާފައިވާއިރު، މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކަށް އޮތީ، އަންނަ އަހަރުގެ މާޗް މަހުގައި އޮތް ފީފާގެ އިންތިހާބުގައި، އިންފަންޓީނޯ ނޫން ފަރާތަކަށް ފީފާގެ ރައީސްކަން ދިނުމަށެވެ. 

އިންފަންޓީނޯ އަށް އޮތް ސަޕޯޓް ދެއްކުމަށްޓަކައި، އޭޝިއާގެ ގިނަ ގައުމުތަކުން އަންނަނީ، އެފްއެފްއީ ކުރިއަށް ނުގެންދަން، ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔައި، އިންފަންޓީނޯގެ ލީޑަޝިޕަށް ޝުކުރު އަދާކުރަމުންނެވެ. އަދި، މި ކަމުގައި، އެފްރިކާ އާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. 

ކުރިއަށް އޮތް ފީފާގެ އިންތިހާބުގަޔާއި، މިހާރު ވެސް ފާޅުގައި އިންފަންޓީނޯ އަށް ސަޕޯޓް ނުކުރާނެ ކަމަށް އިއުލާނުކުރި ގައުމުތަކަށް ބަލާއިރު، ވޭލްސް އާއި އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން ހިމެނެ އެވެ. 

ފީފާ ވޯލްޑް ކަޕް، 2030 ވަނަ އަހަރު ބާއްވަނީ، ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލް ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ވޯލްޑް ކަޕްގެ ފައިނަލް މެޗު މޮރޮކޯގައި ކުޅޭގޮތަށް ނިންމުމަށްޓަކައި، އޭގެ ބަދަަލަކަށް، އިންފަންޓީނޯ ވަނީ އޭނާ އަށް ދެން އޮތް ފީފާގެ އިންތިހާބުގައި ސަޕޯޓްކުރަން މޮރޮކޯ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، ފީފާ އިން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ .

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox