އިންފަންޓީނޯ އަށް ގޮތް ހުސްވެ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާ ޕްލޭން ނިމުމަކަށް

Aug 1, 2026, 10:42 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އެފްއެފްއީ ކުރިއަށްނުދިއުމަކީ، އިންފަންޓީނޯ އަށް ބޮޑު ނާކާމިޔާބެއް.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އެފްއެފްއީ ކުރިއަށްނުދިއުމަކީ، އިންފަންޓީނޯ އަށް ބޮޑު ނާކާމިޔާބެއް.

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 1) - އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް، ފީފާ ވޯލްޑް ކަޕްގެ ހިއްސާއެއް ވެސް ވިއްކާލެވޭ ގޮތަށް ފަށަން ފީފާ އިން މަސައްކަތް ކުރަމުން އި، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ މަސައްކަތް ގޮތް ހުސްވެގެން ހުއްޓާލަން ފީފާ އިން ނިންމައިފި އެވެ. 

އެފްއެފްއީގެ ކަންކަން ކުރިއަށް ހިނގައިގަތުމަށްޓަކައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ މެމްބަރު 211 ގައުމުގެ ވޯޓާ އެކު ފާސްކުރަން ޖެހެ އެެވެ. އަދި، އެ ގޮތަށް ފާސްވެއްޖެނަމަ، ފީފާގެ ދަށުން ހިންގާ ހުރިހާ މުބާރާތެއް، ވޯލްޑް ކަޕް ހިމެނޭހެން، ކުރިއަށްގެންދިއުމުގައި މާލީ ނަފާ ހޯދުމުގެ ފުރުސަތު އެފްއެފްއީއާ އެކު އަންނަ އިންވެސްޓަރުންނަށް ލިބޭނެ އެވެ.

ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި އެެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެފްއެފްއީ ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި، ފީފާއާ އެއްކޮޅަށް ވޯޓު ދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް، މުޅި އަހަރަށް ބަހާލައިގެން 40 މިލިއަން ޑޮލަރު ދޭން ވެސް ފީފާގެ ޕްލޭނުގައި ހިމެނި އެވެ. ފީފާގެ މި ހުށަހެޅުމަށް ވަކި ގޮތެއް ނިންމަން ކޮންމެ މެމްބަރު ގައުމަަކަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް މުއްދަތެއް ފީފާ އިން އޮތީ ކަނޑައަޅައިފަ އެވެ.

އެކަމަކު، މި ޑީލާ ދެކޮޅަށް، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އާއި އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ، ކޮންކަކަފް އަދި، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ވަނީ ދެކޮޅު ހަދައިފަ އެވެ. މާނަ އަކީ ފީފާގެ މެމްބަރު 100 އަށް ވުރެން ގިނަ ގައުމު، ފީފާގެ މި ޕްރޮޕޯސަލާ ދެކޮޅުވީ އެވެ. އޭގެ ފަހުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު، ކާލޯސް ކޯޑެއިރޯ މަގާމުން އިސްތިއުފާ ދިނުމާއި ފީފާގެ އެތެެރެއިން ވެސް އިންފަންޓީނޯ އަށް ޕްރެޝަރު އިންތިހާ އަށް ބޮޑުވެ، އެފްއެފްއީގެ ހިޔާލު އެއްކޮށް ދޫކޮށްލަން، ގޮތް ހުސްވެ، މަޖުބޫރުވީ އެވެ. 

"މި ޕްރޮޖެކްޓްގެ ސަަބަބުން ބައިބައިވުން އުފެދިއްޖެ. އެހެންވެ، މިއީ ހަގީގަތުގައި މި ޕްލޭން ގެނައި މަގުސަދު ހާސިލްނުވާނެކަން ފެންނަން އޮތް ކަމަކަށްވީހިނދު، މި ޕްރޮޕޯސަލް އިތުރަށް ކުރިއަށް ނުދާނެ،" ފީފާ އިން ނެރުނު ބަޔާނުގައި އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. 

އޭއެފްސީގެ ރައީސް، ޝެއިހް ސަލްމާން ވަނީ ފީފާ އިން އެފްއެފްއީގެ ޕްލޭން އަނބުރާ ގެންދިއުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. 

މިއީ، 2016 ވަނަ އަހަރު ފީފާގެ ރައީސްކަމަށް އިންތިހާބުވި އިންފަންޓީނޯ، އަށް އެ މަގާމުގައި ހުންނަވައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. އެފްއެފްއީ އިސްތިހާރު ކުރުމަށްޓަކައި، އިންފަންޓީނޯ ވަނީ ފީފާ މީޑިއާ މެދުވެރިކޮށް ކެމްޕެއިންތަކެއް ވެސް ކުރައްވައިފަ އެެވެ. އެކަމަކު، މެމްބަރު ގައުމުތަކުން މި ދިން ޖަވާބާ އެކު، އިންފަންޓީނޯ އަށް ފީފާގެ ރައީސްގެ މަގާމުގައި އިތުރު ދައުރެއް ހުރެވިދާނެތޯ ފުޓްބޯޅައިގެ ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދައިފަ އެވެ. 

އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް، ޓްރަމްޕްގެ ދެމެދުގައި އޮތް ގުޅުމުގެ ގެއްލުން ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އެބައޮތް ކަމަށް ފީފާގެ ކުރީގެ ރައީސް، ސެޕް ބްލެޓާ ވަނީ ވިދާޅުވެފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox