ފީފާގެ އިންތިހާބުގައި އަރަބިންގެ ޔޫނިއަންގެ ތާއީދު އިންފަންޓީނޯ އަށް

Nov 20, 2026, 2:58 PM
ގަތަރަށް ދާދި ފަހުން އިންފަންޓީނޯ ކުރެއްވި ދަތުރުގެ ތެރެއިން.

ގަތަރަށް ދާދި ފަހުން އިންފަންޓީނޯ ކުރެއްވި ދަތުރުގެ ތެރެއިން.

ދުބާއީ (ނޮވެމްބަރު 20) - އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓިނޯ އަށް ތާއީދުކުރުމަށް ޔޫނިއަން އޮފް އަރަބް އެފްއޭ (ޔޫއޭއެފްއޭ) އިން ނިންމައިފި އެވެ. 

މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ފީފާގެ ރައީސްކަމަށް ކުރިމަތިލުމަށް މުއްދަތު ހުޅުވާލާފައި އޮތްއިރު، ކެންޑިޑެސީ ހުށަހެޅީ ތިން ކެންޑިޑޭޓުންނެވެ.އ އެއީ، 2016 އިން ފެށިގެން ފީފާގެ ރައީސަކަށް ހުންނެވި އިންފަންޓީނޯ އާއި ޔޫރަޕްގެ ގައުމުތަކުގެ ތާއީދާ އެކު ނެރުނު ފްރާންސް ފެޑެރޭޝަންގެ ރައީސް، ފިލިޕޭ ޑިއާލޯ އަދި ޖަޕާން ފުޓްބޯޅައިގެ އޮނޮރަރީ ރައީސް، ކޯޒޯ ޓަޝީމާ އެވެ.

އަރަބިންގެ ޔޫނިއަން ޖަމިއްޔާ އަކީ 1974 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ސަބް ފެޑެރޭޝަނެކެވެ. އެފްރިކާ އާއި އޭޝިއާގެ 22 ގައުމެއް ތަމްސީލްކުރާ މި ޖަމިއްޔާ އިން ބުނެފައިވަނީ، އިންފަންޓީނޯގެ ލީޑަޝިޕްގައި ފުޓްބޯޅަ އަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލައި، އެންމެ ބުއްދިވެރި ގޮތަކީ އޭނާއާ އެކު ކުރިއަށްދިއުން ކަމަށެވެ. 

އިންފަންޓިނޯ، ފީފާ ރައީސަކަށް 2019 އާއި 2023 ވަނަ އަހަރު އިންތިހާބުވިއިރު، ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތެވެ. އެކަމަކު، މި ފަަހަރު ވާދަވެރި ދެ ކެންޑިޑޭޓުން ތިބި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ފުރިހަމަ ތާއީދާ އެކު، އިންފަންޓީނޯ ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް ކަމުގައި މަގާމު ދެމެހެއްޓުމުގެ ފުރުސަތު ފެންނަނީ ފަހިކޮށެވެ. 

ޔޫނިއަން އޮފް އަރަބްގެ ނިންމުމަށް އިންފަންޓީނޯ ވަނީ މަރުހަބާ ކިޔައިފަ އެވެ. 

ފީފާ އިން އިއްޔެ ބުނީ، މިނިވަން އިލެކްޓޯރަލް ކޮމިޓީ އަކުން ތިން ކެންޑިޑޭޓުން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަން ކަނޑައަޅަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަންކަން ފުރިހަމަ ކުރަމުން އަންނާނެ ކަމަށެވެ. ފީފާ އިން ބުނީ، ރައީސަކު ހޮވަން ވޯޓުލުން ކުރިއަށްގެންދާނީ އަންނަ އަހަރުގެ މާޗް މަހު 18 ވަނަ ދުވަހު އެވެ. އެއީ، މޮރޮކޯގެ ރަބަތުގައި ކުރިއަށްދާ 77 ވަނަ ފީފާ ކޮންގްރެސްގަ އެވެ. 

 ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox