ޔޫރަޕް، އުތުރު އެމެރިކާ، އަދި އޭޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނާ އެކު އިންފަންޓީނޯ ޕްރެޝަރަށް

Aug 10, 2026, 4:45 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އޭނާ އަށް އޮތް ޕްރެޝަރު އިންތިހާ އަށް ދަނީ ބޮޑުވަމުން.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އޭނާ އަށް އޮތް ޕްރެޝަރު އިންތިހާ އަށް ދަނީ ބޮޑުވަމުން.

ކުއަލަ ލަމްޕޫރު، މެލޭޝިއާ (އޮގަސްޓް 10) - ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އާއި އޭޝިއާގެ އޭއެފްސީ އަދި އުތުރު އެމެރިކާ އާއި ކެރީބިއަން އައިލެންޑްސްގެ ކޮންކަކަޕް އިން ގުޅިގެން ނެރުނު ބަޔާނާ އެކު، ފީފާގެ ރައީސްގެ މަގާމުގައި ހުރި ޖިއާނީ އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ. 

އޭއެފްސީގެ ރައީސް، ޝެއިހް ސަލްމާން އާއި ޖެނެރަލް ސެކްރެޓަރީ، ވިންޑްސޯ ޖޯން، ކޮންކަކަޕްގެ ރައީސް، ވިކްޓަ މޮންޓަގްލިއާނީ އާއި ޖެނެރަލް ސެކްރެޓަރީ ފިލިޕޭ މޮގިއޯ އަދި ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން އާއި ޖެނެރަލް ސެކްރެޓަރީ ތިއޯޑްރޭ ތިއޮޑޮރީޑީސް ސޮއިކުރައްވައި މިއަދު ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ. 

މިއީ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލާ ހެދި ދުނިޔޭގެ ފުޓްބޯޅައިގެ ޕޮލިޓިކްްސްގެ ތެރޭގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް ޕްރެޝަރު އިތުރުވި ކަމެކެވެ.

އިންފަންޓީނޯ ވަނީ އެފްއެފްއީގެ ތެރެއިން ގޯސްތަކެއް ހެދިފައިވާތީވެ، އެކަމަށް މައާފަށް ވެސް އެދިފަ އެވެ.  އެ ނިންމުމަށް މަރުހަބާ ކިޔައި، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކާފް އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ކޮންމެބޯލް އިން ބަޔާންތަކެއް ނެރުނު ނަމަވެސް، އޭއެފްސީ، ކޮންކަކަޕް އަދި ޔުއެފާ އިން ގުޅިގެން ނެރެފައިވަނީ ބާރު ގަދަ ބަޔާނެކެވެ. 

ޔޫރަޕުން ބޮއިިކޮޓް ކުރާ އިންފަންޓީނޯ އަށް އެފްރިކާ އާއި ދެކުނު އެމެރިކާ އިން ތާއީދު

ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކުމުގައި ހެދުނު ގޯސްތަކަކާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ރައީސް އިންފަންޓީނޯއާ ދެކޮޅަށް ތެދުވެފައިވާއިރު، އެފްރިކާ އާއި ދެކުނު އެމެރިކާގެ ފެޑެރޭޝަންތަކުން އޭނާއަށް ތާއީދު އޮތްކަން ވަނީ ހާމަކޮށްފައި.

އެ ބަޔާނުގައި ގޮވާލާފައިވަނީ، ފީފާގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު ފުޓްބޯޅައިގެ ތެރޭގައި އަލުން ނެގެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެ ގޮތުން، އެފްއެފްއީގެ ކަންކަން ފުރިހަަމަ އަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބަލަން ޖެހޭ ކަމަށާއި، އެއްވެސް ނުފޫޒެއް ނެތި އެކަން ރިވިއު ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ހިމަނައިފަ އެވެ. 

ފުޓްބޯޅަ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކުގެ ޝައުގުވެރިކަން އެ މިސްރާބަކަށް އޮތް ކަމެއް ކަމުގައިވާއިރު، އެއީ އެއްވެސް ވަކި ފަރުދަކަށް ނޫނީ ބަޔަކަށް އޮތް ހައްގެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

"ފުޓްބޯޅަ އޮތީ ކުޅުންތެރިންނަށް، ސަޕޯޓަރުންނަށް، ކްލަބްތަކަށް، މެމްބަރު އެސޯސިއޭޝަންތަކަށް، އަދި މިކަމުގެ ރައްކާތެރިކަމާއި އިންސާފަށް ލޯބިކުރާ އެންމެންނަށް. އެ ވިސްނުމުގައި އަހަރެމެން އެއްކޮށް އެއްބަހެއް ކިޔައިގެން މި ތިބީ،" ބަޔާނުގައިވެ އެވެ. 

ފީފާގެ ނިންމުންތައް އަންނަން ޖެހޭނީ ގުޅިގެން އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށާއި ފުޓްބޯޅައިގެ ލީޑަޝިޕަކީ އަމިއްލަ އަށް ނެގެހެއްޓޭނެ މަގާމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، މިއީ، ފުޓްބޯޅައިގެ ކަންކަން އިންސާފުވެރިކަމާ އެކު ހިންގަން އިންތިހާބުކޮށްފައި ތިބޭ ފަރާތްތަކުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާތީވެ، އަލުން ފުޓްބޯޅައިގެ ލީޑަޝިޕަށް އިތުބާރު ހޯދައިދޭން ޖެހޭ ވަގުތު ކަމަށް ބަޔާނުގައި ހިމަނާފައިވެ އެވެ. 

ފީފާ އިން އަމިއްލަ އަށް ވެސް ގޯހެއް ހެދިފައިވާ ކަމަށް މެމްބަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާތީއާ އެކު، އިތުބާރުގެ މައްސަލަތަކާއި ކަންބޮޑުވުންތަކެއް އުޅޭ ކަމަށާއި މި ކަންކަމަށް ގުޅިގެން ފީފާ މެމްބަރު ގައުމުތަކުން އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދަން ޖެހޭ ކަމަށް އޭއެފްސީ، ކޮންކަކަޕް އަދި ޔުއެފާގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. 

ފުޓްބޯޅަ އަކީ އަބަދުވެސް އެއްބައިވަންތަަކަމަށް ވަަކާލާތު ކުރާ ކަމެއް ކަމަށްވާއިރު، ފުޓްބޯޅަ ހިންގަން ތިބި ފަރާތްތަކުން ވެސް މި ވަގުތު އިސްކުރަންވީ އެންމެންގެ ބައިވެރިވުމާ އެކު ކުރިއަށް ދިއުމަށެވެ. އަދި، މިހާރު މައްސަލަ ޖެހިފައި މި އޮތް އެފްއެފްއީ އާއި ފީފާގެ ލީޑަޝިޕްގެ ނިންމުންތަކެއްގެ ކަންކަމުގެ ތެރެއިން ޖަވާބުދާރީ ވެގެން އެންމެންނަށް ވެސް ފުޓްބޯޅައިގެ މަސްލަހަތުު އިސްކޮށް ކުރިއަށްދިއުން ބުއްދިވެރި ކަމަށް ބަޔާނުގައި ހިމަނާފައިވެ އެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަގާމުގައި ދެމިހުރުމަށްޓަކައި، އަދި، އަންނަ އަހަރު މާޗް މަހު ބާއްވާ ފީފާގެ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތުގެ ތެރެއިން، އިންފަންޓީނޯ ވަނީ ފީފާގެ ލީޑަޝިޕްގެ އެކި ފަރާތްތަކާ އެކު، މޮރޮކޯގައި ބުދަ ދުވަހު ބައްދަލުވުމެއް ބާއްވައިފަ އެވެ.  

މި ބައްދަލުވުމުގައި ފީފާ ކައުންސިލަށް ވެސް އަދި މެމްބަރު ގައުމުތަކަށް ވެސް ބައިވެރިވުމުގެ ދައުވަތެއް ނުދީ ކުރިއަށްގެންދިއުމަކީ ވެސް ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގި ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެ ބަޔ

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox