ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ

Nov 3, 2026, 10:17 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ހަތަރު ވަނަ ދައުރެއްގައި މަގާމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑު.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ހަތަރު ވަނަ ދައުރެއްގައި މަގާމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑު.

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 3) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގައި މިހާރު އޮތް ލީޑަޝިޕާ ގުޅޭގޮތުން މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރުުމަށް، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ދިން މުހުލަތު ހަމަވިއިރު، އެ ލިޔެކިޔުންތައް ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ އެވެ. 

 ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ލިޔެކިޔުންތަކާއި މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް މާފު ދޭން ނިންމި ގޮތުގެ ލިޔެކިޔުންތައް އާންމުކުރަން ޔުއެފާ އިން ފީފާ އަށް ދިން މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ. 

ފީފާގެ ސެކްރެޓަރީ ޖެނެރަލް، މަޓިއަސް ގްރާފްސްޓްރަމް ފޮނުއްވި ސިޓީއެއްގައި ވަނީ ލިޔެކިޔުންތައް ފީފާ އިން ދައްކާނެ ކަމަށާއި، އެއީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން، ސްވިޒަލެންޑްގެ ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކަމަށެވެ. އަދި، އެ ލިޔެކިޔުންތައް ދައްކާނީ ފީފާ ކައުންސިލް މެމްބަރުން ރަޖިސްޓްރީކޮށްގެން ކަމަށާއި އެ ފުރުސަތަށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ގްރާފްސްޓްރަމްގެ އެ ސިޓީގައި ހިމަނުއްވާފައިވެ އެވެ. 

ޔުއެފާ އިން އަންނަނީ ފީފާއާ ދެކޮޅަށް އެެމެރިކާ ކޯޓުގައި މައްސަލައެއް ވެސް ކުރިއަށްގެންދަމުންނެވެ. އެއީ، އެފްއެފްއީގެ ހަގީގަތް ފުޓްބޯޅަ ދުނިޔެ އަށް ހާމަކުރުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ޔުއެފާ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

ފީފާގެ ރައީސްގެ މަގާމުގައި، 2016 ގެ ފަހުން ހުންނެވި، ޖިއާނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޔުއެފާ އިންނެވެ. އެކަމަކު، އަންނަ އަހަރުގެ މާޗް މަހު ބާއްވާ އިންތިހާބުގައި ހަތަރު ވަނަ ދައުރެއް ކަށަވަރުކުރެއްވުމުގެ ފުރުސަތު އިންފަންޓީނޯ އަށް ވަނީ ބޮޑުވެފަ އެވެ. އެއީ، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ތާއީދު ކަށަވަރުވެފައިވާތީ އެވެ. 

އަންނަ މަހު، 18 ވަނަ ދުވަހު، ފީފާގެ  އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ.  ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox