ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

Sep 22, 2026, 8:58 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާގެ ރައީސްގެ މަގާމުގައި ދެމިހުރުމަށްޓަކައި، ހަތަރު ވަނަ ދައުރެއް ހޯދުމަށް ކުރިމަތިލާާނެކަން އިއުލާނުކޮށްފައިވާ، މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، ފީފާ ރިފޯމް ކުރަން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެއްޖެ އެވެ. 

އެ ގޮތުން، މީގެ ކުރިން ފީފާގެ އިންޓާނަލް ރިވިއުއެއް ހިންގުމުގެ ވާހަކަތައް އެކި ފަހަރު މަތިން ދެއްކެވި އިންފަންޓީނޯ، ފީފާ ކައުންސިލް އާއި މެމްބަރު އެސޯސިއޭޝަންތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެކްސްޓާނަލް ރިވިއު އަކަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. 

އަންނަ މަހު ފީފާ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، އޭގެ ކުރިން އިންފަންޓީނޯ އަންނަނީ ގިނަ ގޮތްގޮތުން، ފީފާގެ މެމްބަރު ގައުމުތަކާ ވާހަކަ ދައްކައި، އޭނާ އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދަން މަސައްކަތް ކުރަމުންނެވެ. 

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ، 20 ބިލިއަން ޑޮލަރަށް އަގު އަރާ ޑީލެއްގައި ވިއްކާލަން ކުރި މަސައްކަތާ ހެދި ދުނިޔޭގެ ފުޓްބޯޅައިގެ ޕޮލިޓިކްްސްގެ ތެރޭގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް ދުވަހުން ދުވަހަށް އެކި ކަހަލަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

މި ކަންކަމުން އަަރައިގަތުމަށްޓަކައި، ކުރާ މަސައްކަތުގެ ތެރެއިން މި ފަހަރު، އިންފަންޓީނޯ ފޮނުވި ސިޓީގައި ވަނީ، ފީފާ އިން ކަންކަން ނިންމުމުގައި ގެންގުޅޭ އުސޫލު މިހާރަށް ވުރެން ބޮޑަށް ހަރުދަނާ ކުރަން މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި، އެފްއެފްއީގެ މައުލޫމާތުގެ ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަމާ ބެހޭގޮތުން، ފީފާ އިން އެންމެ ފުރަތަމަ ވެސް ގޮތެއް ނިންމިކަމަށް ދެކެވުނު ވާހަކަ ތަކަކީ ކަން ހިނގި ގޮތް ނޫން ކަމަށް ވެސް އިންފަންޓީނޯ ވަނީ އެ ސިޓީގައި ބަޔާންކޮށްފަ އެވެ. 

"ޑިމޮކްރަޓިކް އުސޫލުތައް، މިނިވަންކަން މަތީ ކުރިއަށް ދިއުން، ކުޅިވަރުގައި ބާރު ހިނގާ ފަރާތެއްގެ ގޮތުގައި ދެމިތިބުން. މިއީ، ސޭލްގައި ވިއްކާލަން އޮތް ކަންކަމެއް ނޫން. އެކަން ދުވަހަކު ވެސް ނުވާނެ. މި ހުރީ ކެރިގެން ފީފާ ލީޑުކުރަން ތައްޔާރަށް. ޔަގީންކަން އެބައޮތް އެކުގައި މަސައްކަތް ކޮށްގެން ގިނަ ކަންކަން ހާސިލްކުރެވޭނެ ކަމުގެ،" އިންފަންޓީނޯ ސިޓީގައި ލިޔުއްވާފައިވެ އެވެ. 

ފީފާ އަށް ދާދި ފަހުން، އިނގިރޭސި އެފްއޭގެ ޗެއާމަން، ޑެބީ ހެވިޓް ފޮނުއްވި ސިޓީގައި ވަނީ، އަންނަ މަހު 15 ގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، އެފްއެފްއީ އާއި އެ ނޫން ވެސް ފީފާގެ މުހިންމު ލިޔެކިޔުންތައް އާންމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. އެ ސިޓީގައި ހެވިޓް ވަނީ، ފީފާގައި މިހާރު އޮތް ކަންކަން ސިއްރު ކުރުމުގެ ސަގާފަތް ނައްތާލައި، މެމްބަރުންނަށް ދެފުށްފެންނަ ގޮތަށް އެ ފެޑެރޭޝަން ހިންގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވެސް އަންނަނީ އެފްއެފްއީ ޑީލުގެ މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަ ކުރިއަށްގެންދަމުންނެވެ. އެ އަށް ރައްދުދީ ފީފާ އިން ބުނެފައިވަނީ، ޔުއެފާ އިން އިސްވެ މަސައްކަތް ފަށާފައިވަނީ، އިންފަންޓީނޯ އާއި ފީފާގެ ލީޑަޝިޕްގެ އަގުވައްޓާލުމަށް ކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ.  ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox