މައާފަށް އެދުމުން ވެސް ފީފާގެ ރައީސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

Oct 16, 2026, 10:39 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: މަގާމުގައި ހުންނަވަން އޭނާ އަށް އޮތް ޕްރެޝަރު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: މަގާމުގައި ހުންނަވަން އޭނާ އަށް އޮތް ޕްރެޝަރު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން.

ޒިއުރިކް (އޮކްޓޫބަރު 16) - އިއްޔެ ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، އޭނާ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދުނު ނަމަވެސް، ފީފާ ލީޑުކުރުމަށް އިންފަންޓީނޯ އަށް ތާއީދު ނެތް ކަމަށް ކައުންސިލްގެ ގިނަ މެމްބަރުން ހާމަކޮށްފި އެވެ. 

ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަން ނިންމާފައިވާ އިންފަންޓީނޯ ވަނީ، އިއްޔެ ތިން ގަނޑިއިރަށް ވުރެން ދިގުކޮށް ކުރިއަށްދިޔަ ފީފާ ކައުންސިލް ބައްދަލުވުމުގައި، އޭނާ އަށް މި ފަހުން ހެދުނު ގޯސްތަކާ މެދު މާޔޫސްވާ ކަމަށް ހާމަކޮށް، މެމްބަރުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އެއީ، ފީފާ ކައުންސިލްއާ ކުރަން ޖެހޭ ވަރަށް މަޝްވަރާނުކޮށް، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ފީފާ ވޯލްޑް ކަޕް ވެސް ހިމެނޭހެން ފީފާ މުބާރާތުގެ ރައިޓްސް، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕާ އާއިލީ ގުޅުން އޮތް ކުންފުންޏަކަށް ވިއްކާލަން އުޅުނު ޑީލުގެ ކަންކަމާ މެދު އެވެ. އަދި، ފީފާ ވޯލްޑް ކަޕްގައި، އެމެރިކާ ރައީސް، ޓްރަމްޕްގެ ނުފޫޒުން އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދޭން ނިންމި ނިންމުމަކީ ވެސް އިންފަންޓީނޯގެ އިތުބާރު ގެއްލިގެންދިޔަ ކަމެކެވެ. 

އިންފަންޓީނޯ ވިދާޅުވީ، އެފްއެފްއީގެ ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށާއި އޭގެ ނަތީޖާ ވެސް ހިތި ކަމަށެވެ. އެކަމަކު، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އެފްއެފްއީގެ ޑީލް ނުނިމުނީ ހުރިހާ ފަރާތަކުން ވެސް މީގެ ކަންބޮޑުވުން ހިއްސާކުރުމުން ކަމަށާއި މިހާރު އެކަން ހުއްޓާލާފައި އެ އޮތީ ވެސް އެ ސަބަބަށްޓަކައި ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. 

މީޑިއާ އިން ކުރި އެއްވެސް ސުވާލަކަށް ޖަވާބުދޭން ދެކޮޅު ހައްދަވައި، އިންފަންޓީނޯ ވަނީ، ލިޔުމުން ހުރިހާ ކަންބޮޑުވުންތަކެއްގެ ޖަވާބުތައް ފޯރުކޮށްދޭނެ ކަމަށެވެ. 

އިނގިރޭސި އެފްއޭގެ ރައީސް، އަދި ފީފާގެ ނައިބު ރައީސެއް ކަމަށްވާ، ޑެބީ ހެވިޓް ވިދާޅުވީ، ފީފާ ކައުންސިލްގެ މި ބައްދަލުވުމުން ވެސް އަދިވެސް ވަރަށް ގިނަ ކަންކަން ސާފުނުވެ އޮތް ކަމަށާއި އެންމެ މުހިންމު ކަމަކީ، ޔުއެފާ އާއި ގިނަ ގައުމުތަކުން އެދުނު ގޮތަށް، އެފްއެފްއީގެ ހުރިހާ ލިޔެކިޔުމެއް އާންމުކުރުމަށް ފީފާ އިން އިންކާރު ކުރުން ކަމަށެވެ. 

"އަހަންނަށް ހީވަނީ މިއީ ހެން ފީފާގެ އެންމެ ބޮޑު ޒިންމާ އަކަށްވާންވީ. ކަންބޮޑުވުން މި ހުރި ކަންކަމަށް ހައްލު ހޯދުން. ނޫނީ ފީފާ ރައީސަކަށް ހުންނަން އިންފަންޓީނޯ ޝަރުތު ހަމައެއް ނޫން. އެއީ، މި ކައުންސިލް ބައްދަލުވުމުގައި މެޖޯރިޓީ މެމްބަރުންގެ ކަންބޮޑުވުން އައި ގޮތަކީ،" ޑެބީ ވިދާޅުވި އެވެ. 

ކައުންސިލް ބައްދަލުވުމުގައި ވެސް އިންފަންޓީނޯއާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިންނެވެ. ޔުއެފާ އިން ވަނީ، އިންފަންޓީނޯއާ ދެކޮޅަށް އެެމެރިކާ ކޯޓުގައި މައްސަލައެއް ވެސް ފަށައިފަ އެވެ. އެއީ، އެފްއެފްއީގެ ހުރިހާ ލިޔެކިޔުންތަކެއް އާންމުކުރަން ގޮވާލާ މައްސަލަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox