ފީފާގެ މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރަން އިންފަންޓީނޯ އަށް ގޮވާލައިިފި

Sep 18, 2026, 9:22 AM
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާއި އެމެރިކާގެ ރައީސް ޓްރަމްޕް: ޓްރަމްޕްގެ ނުފޫޒު އިންފަންޓީނޯ އަށް އެކި ކަންކަމުގައި ފޯރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައި.

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފީފާގެ ރައީސް އިންފަންޓީނޯ (ކ) އާއި އެމެރިކާގެ ރައީސް ޓްރަމްޕް: ޓްރަމްޕްގެ ނުފޫޒު އިންފަންޓީނޯ އަށް އެކި ކަންކަމުގައި ފޯރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފައި.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 18) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގައި މިހާރު އޮތް ލީޑަޝިޕާ ގުޅޭގޮތުން މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރުުމަށް، އެ ފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އިނގިރޭސި އެފްއޭގެ ޗެއާމަން، ޑެބީ ހެވިޓް ގޮވާލައްވައިފި އެވެ. 

ހެވިޓް އިޝާރާތް ކުރައްވާފައިވަނީ، ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ލިޔެކިޔުންތަކާއި މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް މާފު ދޭން ނިންމި ގޮތުގެ ލިޔެކިޔުންތަކަށެވެ. 

ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސަކަށް ހުންނެވުމަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އިންފަންޓީނޯ އިސްވެ ހުންނަވައި ފަށަން އުޅުނު އެފްއެފްއީ ޑީލަކީ، 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ، އިސްތިހާރުތަކެއް ކުރެއްވި ނަމަވެސް ފަހުން، ގައުމުުތަކުގެ ޕްރެޝަރާ ހެދި އެ ޑީލް އަނބުރާ ގެންގޮސް ފީފާ ލީޑަޝިޕުން މާފަށް އެދުނެވެ. 

ފީފާ އަށް ހެވިޓް ފޮނުއްވި ސިޓީގައި ވަނީ، އަންނަ މަހު 15 ގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، މި ލިޔެކިއުންތައް އާންމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. އެ ސިޓީގައި ހެވިޓް ވަނީ، ފީފާގައި މިހާރު އޮތް ކަންކަން ސިއްރު ކުރުމުގެ ސަގާފަތް ނައްތާލައި، މެމްބަރުންނަށް ދެފުށްފެންނަ ގޮތަށް އެ ފެޑެރޭޝަން ހިންގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވެސް އަންނަނީ އެފްއެފްއީ ޑީލުގެ މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަ ކުރިއަށްގެންދަމުންނެވެ. އެ އަށް ރައްދުދީ ފީފާ އިން ބުނެފައިވަނީ، ޔުއެފާ އިން އިސްވެ މަސައްކަތް ފަށާފައިވަނީ، އިންފަންޓީނޯ އާއި ފީފާގެ ލީޑަޝިޕްގެ އަގުވައްޓާލުމަށް ކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތް ހަމަވާނެ އެވެ. 

ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

އިންފަންޓީނޯއާ ދެކޮޅަށް ނުކުންނާނެ ކެންޑިޑޭޓެއް އަދި ރަސްމީކޮށް ފާހަގަކުރެވިފައިނުވެ އެވެ. އެކަމަކު، ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، ވިކްޓަ މޮންޓަގްލިއާނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox