ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ބުނެފި

ސެޕްޓެމްބަރު 21، 2025: ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

ސެޕްޓެމްބަރު 21، 2025: ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. 

މިއަދު ދުބާއީގައި ބޭއްވި ރަސްމިއްޔާތުގައި އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގައި ސޮއިކުރީ އީގަލް ހިލްސް އާއި އެމާރު ޕްރޮޕަޓީސްގެ ބާނީ މުހައްއްމަދު އަލައްބާރާއީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބެވެ. 

އެ އެއްބަސްވުމާ ގުޅޭގޮތުން "މިހާރު" ނޫހަށް މުއްތަލިބު ވިދާޅުވި ގޮތުގައި ކުރިން އިއުލާންކޮށްފައިވާ އެއްވެސް މަޝްރޫއުއަކަށް މި އެއްބަސްވުމުގެ ދަށުން ބަދަލެއް ނާންނާނެ އެވެ. އަދި ހުޅުމާލޭގައި އެ ކުންފުނިން 5،000 ހައުސިން ޔުނިޓު އަޅަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

އެ ކުންފުންޏަށް ސަރުކާރުން ފައިސާ ދައްކާނީ ހައުސިން ޔުނިޓުތައް ނިމުމުން އެ ޔުނިޓުތަކާ ހަވާލުވެ ވިއްކުމުގެ މަރުހަލާގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

ދުބާއީގެ އެންމެ ބޮޑު އެއް ޑެވެލޮޕަރާ ރަސްމާލެ ހަވާލުކުރި އެއްބަސްވުމުގެ މާ ގިނަ ތަފްސީލުތަކެއް ނޭނގެ އެވެ. 

އީގަލްސް ހިލްސާ ހަވާލާދީ ލިޔެފައިވާ ހަބަރުގައި ވަނީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓްގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި، ފެންވަރު ރަނގަޅު އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓަާފްރަންޓް މަގުތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހިމެނޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox