ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ބީއެމްއެލްގެ ސައްހަ ހިސާބުތައް ހާމަކުރަން ނަޝީދު ގޮވާލައްވައިފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ އާންމުނަށް ޑޮލަރު ލިބުމުގައި އެތައް ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ ސައްހަ ހިސާބުތައް ހާމަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ރިޒާވުގައި މިހާރު ބޭރު ފައިސާއެއް ނެތެވެ. އެފަދަ ހާލަތެއްގައި ރިޒާވު ހުރިއިރު މިވަގުތަށް ވެސް ރާއްޖެއަށް 50 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ސަރުކާރުން ވަނީ ދަރަނި ދެއްކުމަށްޓަކައި ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ބީއެމްއެލްއަށް މަޖުބޫރުކުރުވާފައި. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ފައިސާ ދޫކުރުމަށް ބޭންކު ވަނީ ނުކުޅެދިފައި،" ނަޝީދު ވިދާޅުވި އެވެ. 

އަންނަ ހަފްތާގެ ތެރޭގައި ކަސްޓަމަރުންގެ ކަންކަން ހަމައަކަށް އެޅުވޭނެ ކަމަށް ބީއެމްއެލްއިން އުންމީދު ކުރަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު މާރުކުރަން ފެށުމާއެކު އެމްއެމްއޭއަށް 160 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ދެކިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"މިއީ އިގުތިސޯދީ ނުވަތަ މާލީ އިސްތިރާޖެއް ނޫން، މިއީ ހަމައެކަނި ކުރެވޭ އުންމީދެއް. ބީއެމްއެލް އަކީ އާންމު ބޭންކަކަށްވާތީ، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން އެ ބޭންކުގެ ސައްހަ ހިސާބުތައް އާންމުކުރަންޖެހޭ،" ނަޝީދު ގޮވާލެއްވި އެވެ. 

ބީއެމްއެލްއިން ބުނީ ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު މެނޭޖުކުރަން އެ ބޭންކުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑޮލަރު ތާށިކަމުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދިންއިރު، އެތެރޭގެ ބޭންކުތަކަށް ޓްރާންސްފާ ނުކުރެވޭތީ އާއީ ޓީޓީ ފޮނުވާތާ އެތައް ދުވަހެއް ވާއިރުވެސް އެ ފައިސާ ނުފޮނުވޭތީ ވިޔަފާރިވެރިން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. ހަމައެހެންމެ، މިހާރު ޑޮލަރު ސަޕޯޓު ހޯދަން ވެސް ވަރަށް ދަތި ކަމަށް އެ ވިޔަފާރިތަކުން އަންނަނީ ބުނަމުންނެވެ. 

އޭގެ އިތުރުން، އާންމުންނަށް ވެސް ރުފިިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުން މުއާމަލާތް ކުރަން ވަރަށް އުނދަގުލެވެ. ބީއެމްއެލްއިން ކޮންމެ ދުވަހަކު ހަތެއް ޖަހާއިރު ރީސެޓުވާ ގޮތަށް ޑެއިލީ ބަޖެޓެއް ކަނޑައެޅި ފަހުން ވެސް ކާޑުން ފައިސާ ކަނޑަން ވަރަށް އުނދަގޫ ކަމަށް އާންމުން ވެސް އަންނަނީ ޝަކުވާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox