މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު 15.42ރ. އަށްވުރެ ތިރިކުރާނެ ކަމުގެ ވާހަކަ އޮޅުވާލި ކަމަށް ވިދާޅުވެ ސައީދު ދޮގު ހައްދަވައިފި

ސައީދު

ސައީދު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވިތާ ދެ އަހަރު ވެގެން ގޮސްފައިވާއިރު އޭރު އެހެން ވިދާޅުވެ ދެއްކެވި ވާހަކަތައް މީޑިއާތަކުން އޮޅުވާލި ކަމަށް ވިދާޅުވެ ސައީދު ދޮގު ހައްދަވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު އެއީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ދެއްކެވި ވާހަކައެއްގެ ބައެއް ކަމަށެވެ. އެގޮތަށް އޭނާ ދެއްކި ވާހަކަތައް ރިޕޯޓުކުރުމަކީ އޮޅުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ. 

"އަޅުގަނޑު ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ރަސްމީ ރޭޓަށް ޑޮލަރު ގެނައުމަށް މަސައްކަތްކުރާނެ ވާހަކަ އެއީ ވާހަކައެއްގެ މުޅި ޖުމުލަ ބޮޑު ސްޕީޗެއްގެ ތަންކޮޅެއް ތި ވިދާޅުވަނީ. އޭގައި ދިޔަ އަނެއް ބައިބައި ވެސް އަޑު އައްސަވާ، މިއީ ވެސް މެނިޕިއުލޭޓު ކުރުމޭ، ޖުމުލަ ވާހަކައަކީ ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އެޅުވުމާއި، ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމާއި، ބޮޑު ދަރަނި އަދާކުރުމުގައި ރައީސަށް ވާގިވެރިވާނެ މަޖިލިސް މެޖޯރިޓީއެއް ލިބިއްޖެނަމަ ވަރަށް ފަސޭހަވާނޭ މި ކަންކަން ކުރަން،" އޭރު ދެއްކި ވާހަކަތައް އޮޅުވާލަމުން ސައީދު މިއަދު ވިދާޅުވި އެވެ. 

Advertisement

އެހެން ނަމަވެސް، ވަރަށް ސާފު ސަރީހަ އިބާރާތުން ސައީދު ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، ލ. މާވަށުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.

އެ އިންތިހާބުގައި ރައްޔިތުން ވަނީ ސަރުކާރު ހިންގާ ޕާޓީއަށް ސުޕަމެޖޯރިޓީ ދީފަ އެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 75 ގޮނޑި ކާމިޔާބު ކުރީ ޕީއެންސީ އެވެ. 

ސަރުކާރުން ވަނީ ޑޮލަރު ރޭޓު ހަމައަކަށް އެޅުވުމުގެ ގޮތުން ރަސްމީ ރޭޓުގައި ނޫނީ މަނާ ނުކުރަން އަންގައި، އެމްއެމްއޭ އާއި ފުލުހުންނާ ގުޅިގެން އޮޕަރޭޝަނެއް ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޑޮލަރު ލިބޭ ވިޔަފާރިތަކާއި ޑޮލަރު މާރުކުރާ ވިޔަފާރިތަކާއި އެއްވެސް ހުއްދައެއް ނެތި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަން އުޅޭ މީހުން ނުވަތަ "ޑީލަރުން" ނަށް އަމާޒުކޮށްގެން މައްސަލަތަކެއްގެ ތަަހުގީގު ފަށާފަ އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ރެކޯޑު އަގަކަށް ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ އެތައް މަސްތަކެއް ވޭތުވެފައިވާއިރު، ސައީދު މިއަދު ވަނީ ރޭޓު ތިރިއަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox