އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަމްހީދު ވާދަކުރައްވަނީ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ރާއްޖޭގައި ދެން އޮންނަ ރިޔާަސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވާދަކުރައްވާނެކަން ހާމަކުރައްވައިފި އެވެ. 

އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކުރެއްވީ "އަވަސް" ނޫހުން ގެނެސްދޭ "ޝަމްހީދު އާއެކު ޕޮޑްކާސްޓުގެ ޓްރެއިލާ ވީޑިއޯ މެދުވެރިކޮށެވެ. އެ ޕޮޑްކާސްޓުގެ ފުރަަތަމަ އެޕިސޯޑު ބުރާސްފަތި ދުވަހު ނެރޭނެ އެވެ. 

"އިރާދުކުރެއްވިއްޔާ އެމްޑީޕީގެ ކުރިއަށް މިއޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން. އެއް ވާހަކަ އިތުރުކޮށްލަން ބޭނުން، މަޖިލިސް އިންތިހާބުގައި ކުރި ކެމްޕޭނުގައި މި ދާއިރާ ރައްޔިތުންނަށް ކުރި ހަމައެކަނި ވައުދު ކަމަށްވެސް ވެދާނެ، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ވައުދަކީ،" ޝަމްހީދު ވިދާޅުވި އެވެ. 

ޝަމްހީދު އެންމެ ފުރަތަމަ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ނޮވެމްބަރު 2013، ގަ އެވެ. 

އޭނާއަކީ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވާސިޓީން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރައްވާފައިވާ މީހެކެވެ. 

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ޗެއާޕާަސަން ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުالله ޝާހިދު ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ. އެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައެއް ބޭފުޅުން ކައިރީ އެ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ސޯލިހުގެ ނިންމުން ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.

ދިވެހިރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ އިންތިހާބު 2008 ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ނަޝީދެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ހިންގި މިއުޓިނީއެއްގެ ތެރެއިން ނަޝީދު ވަނީ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވައި ރައީސް ސޯލިހު ވަނީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ސޯލިހު ވާދަ ކުރެއްވި އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox