ނުރައްކާތެރި ހާލަތެއްގައި އޮތް ބަލްކު ކެރިއާއެއް ރާއްޖެއާ ކައިރީގައި އުޅޭތާ ދެ މަސް

"ޔުރޭނަސް 1" ބަލްކް ކެރިއާ. ބޯޓުގެ އަޑިން ތިރީހަކަށް ފޫޓުގެ ދިގު ސަރަހައްދެއް ނެއްޓިފައިވާ ކަމަށް މައުލޫމާތު ލިބޭ

"ޔުރޭނަސް 1" ބަލްކް ކެރިއާ. ބޯޓުގެ އަޑިން ތިރީހަކަށް ފޫޓުގެ ދިގު ސަރަހައްދެއް ނެއްޓިފައިވާ ކަމަށް މައުލޫމާތު ލިބޭ

ނުރައްކާތެރި ހާލަތެއްގައި އޮތް ބޮޑު ބަލްކު ކެރިއާއެއް މާލެ އަތޮޅުގެ އިރުމަތީ ފަރާތުން ބޭރު ކަނޑުގައި އުޅޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މެރިޓައިމް ޓްރެފިކް ވެބްސައިޓުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 1,000 ފޫޓު ދިގު "ޔުރޭނަސް 1" ހުޅަނގު އެފްރިކާގައި އޮންނަ ގިނީގެ ބޮފާ އަންޗު ބަނދަރުން ފުރީ ޖޫން 14 ވަނަ ދުވަހު އެވެ. އަދި ރާއްޖެއާ ކައިރިއަށް އައީ ޖުލައި 23 ވަނަ ދުވަހު އެވެ.

"އެ ބޯޓުގައި ހުރީ އެލްމިނިއަމް އުފެއްދުމަށް ބޭނުންކުރާ މައުދަނެއް. ބޯޓުން ތިރީހަކަށް ފޫޓުގެ ދިގު ސަރަހައްދެއް އޮތީ ނައްޓައިގެން ގޮސް. އެހެންވެ، ދުއްވުނަސް މާލެ ބަނދަރު ކުރަން އެދުނީ. ނަމަވެސް ހުއްދަ އަދި ނުދޭ،" މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ.

Advertisement

އޮގަސްޓު މަހުގެ ތެރޭގައި އެ ބޯޓު މާލޭގެ އިރުމަތިން ބޭރު ކަނޑުގައި އޮއްވައި އަދަދުގެ ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ. 

ބަލްކް ކެރިއާ އޮތް ސަރަހައްދު
ބަލްކް ކެރިއާ އޮތް ސަރަހައްދު

"އެ ބޯޓު އެ އޮންނަނީ އެގޮތަށް ދުއްވާލަ ދުއްވާލާ، ބައެއް ފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެސް ވަދޭ. އެހެންވެ ނޯޓިސް ވެސް ދީފައިވޭ."

މި ބޯޓުގެ ތެޔޮ ހުސްވެގެން ދާދި ފަހުން ލަންކާއިން ބޯޓެއް ގެނެސްގެން ތެޔޮ ވެސް ބަރުކޮށްފައިވާ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޯޓުގައި ހުރި މައުދަން ކަނޑުގެ ސަރަހައްދަށް އެޅިއްޖެ ނަމަ އޮޔާއި ވައި ހުންނަ ގޮތަކުން ރާއްޖޭގެ ކަނޑުތަކަށާއި ފަޅުތަކާއި ރަށްތަކަށް ގެއްލުން ލިބުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު އެފްރިކާއިން ފުރައިގެން އައި ދެ ބޯޓު މާލޭ ސަރަހައްދަށް ވަގަށް ވަދެ ބަނދަރުކޮށްފައި އޮތްއިރު، ސިފައިންނާއި ފުލުހުން، އަދި ކަސްޓަމަށް ވެސް އެނގުނީ އޭގެ ހަފުތާއެއްގެ ފަހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސަރަހައްދަށް ވައިގަދަވެ، އެ ދެ ބޯޓު އަޅާފައި އޮތް ނަގިލި ކަހާލައިގެން ގޮސް މާލޭ ތޮށިގަނޑަށާއި ސިނަމާލެ ބުރިޖަށް އުރުނެވެ. އެއަށް ފަހު އޮޔާދަމުން ގޮސް މިހާރު އެ ދެ އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox