ސަރުކާރުގެ ސިޔާސަތުތަކުން ޓޫރިޒަމް ހީނަރުވާނެ، އެއާއެކު ވިޔަފާރިތައް ހުއްޓި އިގުތިސޯދީ ހަރަކާތްތައް މަޑުޖެހޭނެ: ފައްޔާޒު

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު. މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވޭ --- ފޮޓޯ: އަބްދުالله އިޔާން

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު. މި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އިގުތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވޭ --- ފޮޓޯ: އަބްދުالله އިޔާން

ސަރުކާރުން މި ފަހުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން  ޓޫރިޒަމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި މުޅި ރާއްޖޭގެ އިގުތިސޯދު މަޑުޖެހުމުގެ ފުރުަސަތު އޮތް ކަމަށް މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް މަތިކުރުމާއި ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޓެކްސް ނަގަން ގެނައި ބަދަލުތަކާމެދު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ ވަރުގަދަ ކުންފުނިތައް ހިމެނެ އެވެ. 

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ފައްޔާޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ސަރުކާރު އަންނަނީ ޓޫރިޒަމް ސިނާއަތުގައި އަމަލުކުރަން ޖެހޭ ސިޔާސަތުތަކުގެ ބޭނުންކޮށްގެން އެ ސިނާއަތަަށް ހަމަލާ ދެމުންނެވެ. އެ ހަމަލާތައް ދެމުން އަންނަނީ ސިޔާސަތުތަކަށް ގެންނަ ކުއްލި ބަދަލުތައް މެދުވެރިކޮށް  ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

"ކުއްލިއަކަށް އަދި އެއްވެސް އުސޫލެއް ނެތި ގެންނަ ބަދަލުތަކުގެ ސަބަބުން، އިންވެސްޓްކުރުމަށާއި މަންޒިލެއްގެ ގޮތުގައި ރާއްޖެ ވިއްކުމަށް އޮތް ޝައުގުވެރިކަން މިހާރުވެސް ވަނީ ގެއްލިފައި. އެހެން މަންޒިލްތަކުގެ ވާދަވެރިކަން ދުވަހުން ދުވަހަށް ވަރުގަދަވަމުންދާއިރު، ރާއްޖެއަކީ ފައިދާނުވާ އުފެއްދުމަކަށް ވެއްޖެނަމަ، އޮޕަރޭޓަރުން ރާއްޖެ ވިއްކުން ހުއްޓާލާނެ،" ފައްޔާޒު ލިޔުއްވި އެވެ. 

ސަރުކާރުން މިފަހުން ގެނައި ބަދަލުތަކަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ހަމަތަކާ އެއްގޮތަށް ގެނައި ބަދަލުތަކެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ބަދަލުތަކަކީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން މަނާވުމުގެ ފުރުސަތު އޮތް ބަދަލުތަކެއް ކަމަށް ވެސް އޭނާ ލިޔުއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިޝާރާތަކުން، ރާއްޖޭގެ ފަތުރުވެރިކަން އިނދަޖެހެން މިވަނީ ފެށިފައި. އަހަރެމެންގެ ރަން ބިސް އަޅާ ކުކުޅު މަރާލުމުގެ ނޭދެވޭ އަސަރުތައް ހަމައެކަނި ސިނާއަތް ހަލާކުވުމަކުން ނުނިމޭނެ. އިގުތިސޯދީ ހަރަކާތްތަކަށް އަންނަ ހީނަރުކަމުގެ ސަބަބުން، އެންމެ ފަހުން އެތައް ހާސް ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތައް ބަންގްރޫޓްވެ، ވަޒީފާގެ ފުރުސަތުތައް ގެއްލިގެންދާނެ،" ފައްޔާޒު ލިޔުއްވި އެވެ. 

އަވަސް އަރުވާލައިގެން ސިޔާސަތުތައް ތަންފީޒުނުކުރުމަށް ފައްޔާޒު ގޮވާލެއްވި އެވެ. އޭގެ އިތުރުން، މިކަމުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުގެ އަޑުއަހައި ބަދަލުތަކެއް ގެނައުމަށް އޭނާ ގޮވާލެއްވި އެވެ. 

"މިއީ އަހަރެމެންގެ ވެރިކަން ކުރާ ނިޒާމާމެދު އަލުން މުޅިން އަލުން ވިސްނަންޖެހޭ ސަބަބަު. ގައުމު ހަލާކުކޮށްލުމުގެ ބާރު އެކަކަށް އެކަނި ލިބިގެން ނުވާނެ،" ގާނޫނުއަސާސީއަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ފައްޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox