އިގުތިސާދީ ކާރިސާއެއްގެ އިންޒާރު؛ ފައްޔާޒު ގޮވާލެއްވީ ހަރަދު ކުޑަކުރުމަށާއި ސޭވިންގްސް ހުރިނަމަ ބޭރު ފައިސާއަށް ބަދަލުކުރުމަށް!

ޖުލައި 21، 2026: ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދައްކަވަނީ.

ޖުލައި 21، 2026: ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދައްކަވަނީ.

ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ބޭނުމެއް ނެތް ހަރަދު ކުރުން ހުއްޓާލައި، ރައްޔިތުންގެ ތެރެއިން ސޭވިންގްސްގައި ފައިސާ ހުރި މީހުން އޭގެ ތެރެއިން ބައެއް ނަގުދު ފައިސާއަށް ބަދަލުކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ. 

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވި ގޮތުގައި މިއީ އިގުތިސޯދަށް އަތުވެދާނެ އެންމެ ގޯސް ހާލަތަކާ މެދު ހުރިހާ އެންމެން ވެސް ވިސްނައި ތައްޔާރުވާން ޖެހޭ ވަގުތެވެ. 

"އަޅުގަނޑުމެން ބޭކާރު ހުރިހާ ހަރަދުތައް ކުރުން ހުއްޓާލައި، ސޭވިންގްސްގެ ހުރިނަމަ އޭގެ ތެރެއިން މިންވަރެއް ނަގުދު ފައިސާއަށާއި ބޭރު ފައިސާއަށް ބަދަލުކުރަންޖެހޭ. މަދުވެގެން ދެތިން މަހަކު އުޅެވޭވަރަށް ނަގުދު ފައިސާ ހުންނަންވާނެ،" ފައްޔާޒު ލިޔުއްވި އެވެ. 

Advertisement

މި ސަރުކާރުން ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް އާންމު ދިވެހި މީހާއަށް ބޭރު ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އަދި ޓޫރިޒަމަށް ސިނާއަތުން އަންނަނީ ސަރުކާރުން ގެނައި ބަދަލުތަކާ އެއްގޮތަށް ޑޮލަރު މާރުނުކުރެވޭނެ ކަމަށް ބުނަމުންނެވެ.

އޭގެ އިތުރުން، ޓެކްސް ނިޒާމަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެއީ އެއްވެސް މަޝްވަރާއެއް އަދި ދިރާސާއެއް ކުރުމެއް ނެތި ބަދަލުތައް ގެނައުމުގެ ނަތީޖާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"ރުކާރުގެ އިސްރާފަށް ހަރަދުކުރަން ރަން ބިސް އަޅާ ކުކުޅު ގުރުބާންކޮށް މުޅި ސިނާއަތާ މެދު އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ އިތުބާރު އިއާދަނުކުރެވޭ މިންވަރަށް މުއިއްޒުގެ ސަރުކާރުން މިވަނީ ގެއްލުވާލާފައި. ޓުއާ އޮޕަރޭޓަރުންނާ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލަން،" ފައްޔާޒު އެކްސްގައި ލިޔުއްވި އެވެ. 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މިހެން ވިދާޅުވިއިރު ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވު 200 މިލިއަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ. މިއަދު އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމާއެކު ރިޒާވު އިތުރަށް ދަށްވާނެ އެވެ. އެ ފައިސާ ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

 މި އަދަދުގެ ތެރެއިން ބޭންކުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު އުނިކޮށްފަ، ކުރިން ހިސާބުކުރާ ގޮތަށް ބޭނުންކުރެވޭ ރިޒާވު ހިސާބުކުރާ ނަމަ ބާކީ އޮންނާނީ އެންމެ 29 މިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox