ހިޓާޗީގެ ހިއްސާ ގަނެ އެމްޑަބްލިއުއެސްސީ 100 ޕަސެންޓު ސަރުކާރު ކުންފުންޏަކަށް ހަދަނީ

މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ މައި އިމާރާތް

މާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ މައި އިމާރާތް

މާލެ ސަރަހައްދަށް ފެނުގެ ހިދުމަތް ދޭ މާލޭ ވޯޓާ އެންޑް ސްވެރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި އޮތް ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާ ސަރުކާރަށް ގަންނަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް އެމްޑަބްލިއުއެސްސީ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ބޭރު ކުންފުންޏަކަށް ވިއްކާލާފައި އޮތް 20 ޕަސެންޓުގެ ޝެއާ ގަނެ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިއުއެސްސީ ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު ވަނީ ފެށިފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

މިހާރު ސަރުކާރުން ކޮންޓްރޯލް ކުރަނީ އެމްޑަބްލިއުއެސްސީގެ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓު ހިއްސާ ކޮންޓްރޯލް ކުރަނީ ހިޓާޗީންނެވެ. އެ ކުންފުނީގެ ފަރާތުން އެމްޑަބްލިއުއެސްސީގެ ބޯޑުގައި މެންބަރަކު ވެސް އިންނަވަ އެވެ. 

ހިޓާޗީއަށް އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ވިއްކާލީ ޖެނުއަރީ 2010، ގައި އޭރު އޮތް އެމްޑީޕީ ސަރުކާރުންނެވެ. އެއީ ހިއްސާއަކަށް 305.9 ޑޮލަރުގެ ރޭޓުން 53،400 ހިއްސާ އެވެ. އެ މުއާމަލާތް އަގުކޮށްފައިވަނީ 16 މިލިއަން ޑޮލަރުގަ އެވެ. 

އޭރު ސަރުކާރުން ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާލީ 2008 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި އޮތް ޑެންމާކުގެ އެޗްއޯއެޗް ވޯޓާ ޓެކްނޮލޮޖީގެ ހިއްސާތައް ގަންނަން ސަރުކާރުން ޖެހޭތީ އެވެ. އެމްޑަބްލިއެއެސްސީ 1995 ވަނަ އަހަރު އުފެދިގެން އައިއިރު އެޗްއޯއެޗް ވޯޓާ ޓެކްނޮލޮޖީގެ 24 ޕަސެންޓު ހިއްސާ އޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox