ބީލަމަކާ ނުލައި ރަސްމާލެ ދޭތީ ނަޝީދުގެ ކަންބޮޑުވުން: "ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނީ ދެފުށްފެންނަ ބީލަމުގެ އުސޫލުން"

ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ —— އަދަދު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން

ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ —— އަދަދު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން

ހުޅުވާލެވިފައިވާ ބީލަމާ ނުލައި ރަސްމާލެއިން ބޮޑު ސަރަހައްދެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލާތީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމުގައިވާ އީގަލް ހިލްސްއާ އެކީ ދިވެހި ސަރުކާރުން އިއްޔެ ވަނީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. އެ އެގްރީމެންޓުގެ މާ ގިނަ ތަފްސީލުތަކެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ދައުލަތުން ގިނަ ފައިސާތަކެއް ހަރަދުކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ 500 އެއްހާ ހެކްޓަރު އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ ބީލަމެއް ނުބާއްވަ އެވެ. ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިން އެއްބަސްވުމާ ގުޅޭ ވާހަކަތަކެއް ހިއްސާކުރައްވާފަ އެވެ.

"އެސެޓް ސޭލްސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކާއިރު ވެސް ކަންކަން ހިންގަން ވާނީ ދެފުށްފެންނަ ފުރިހަމަ ބީލަމުގެ ނިޒާމުގެ ތެރެއިން. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހުޅުލޭ އެއާޕޯޓު ހިންގުމަށް ބަޔަކާ 25 އަހަރު ދުވަހަށް ހަވާލުކުރީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) މެދުވެރިކޮށް ހިންގި ދެފުށްފެންނަ ބީލަމުގެ އުސޫލުން،" ނަޝީދު ލިޔުއްވި އެވެ.

އެ ބީލަން ކާމިޔާބުކުރި ޖީއެމްއާރު ކުންފުނިން ދިވެހި ސަރުކާރަށް ވަގުތުން 78 މިލިއަން ޑޮލަރު ދިން ކަމަށް ނަޝީދު ލިޔުއްވި އެވެ. އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީތަކުން ނުކުތް މައިގަނޑު ސަބަބަކީ ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓު ކުއްޔަށް ދިނުމެވެ. 

އައިއެފްސީއަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމަށް ބާރުއެޅުމުގެ ގޮތުން އިންވެސްޓްމަންޓް، އެޑްވައިޒަރީ އަދި އެސެޓް މެނޭޖުމަންޓް ހިދުމަތްތައް ފޯރުކޮށްދޭ ބައިނަލްއަގުވާމީ މާލީ އިދާރާއެކެވެ. މިއީ ވޯލްޑް ބޭންކް ގްރޫޕުގެ މެންބަރެކެވެ. 

ނަޝީދުގެ ސަރުކާރުން 25 އަހަރަށް އެއާޕޯޓު ކުއްޔަށް ދިނުމަށް ސޮއިކުރީ ޖޫން 29، 2010 ގަ އެވެ. އެ ކުންފުނިން އޭރު ނިންމީ އެއާޕޯޓަށް 373 މިލިއަން ޑޮލަރު އިންވެސްޓު ކުރުމަށެވެ. ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ހިންގި ހަރަކާތްތަކުގައި ވަރަށް ބޮޑަށް އެއާޕޯޓު ޑީލުގެ ވާހަކަ އިދިކޮޅުން ދެއްކި އެވެ. 

އެ އެއްބަސްވުމަކީ ކޮރަޕްޝަން އެކުލެވޭ އެއްބަސްވުމެއް ކަމަށް އޭރު އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރި އެވެ. "ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް" ނަމުގައި އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން ބޮޑު ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔަ އެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހަވާލުވި މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރު އެއްބަސްވުން ބާތިލުކުރަން ނިންމީ ނޮވެމްބަރު 27، 2012 ގަ އެވެ. 

އެ މައްސަލަ ޖީއެމްއާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅުމުން ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް ޖެހުނެވެ. އެ ފައިސާ ދެއްކުމަށް ރާއްޖެއިން ނަގަން ޖެހުނު ދަރަނި ވެފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ދަރަނީގެ ބޮޑު މައްސަލައިގެ އަސްލަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox