ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިތަކެއް ހުރުމުން: ސަރުކާރު

s

s

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ (ސިންގަލް ޔޫސް) ޕްލާސްޓިކުގެ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ބަދަލު ގެނައީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. 

ގާނޫނުތައް އޮންނަ ގޮތުން ރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި، 2020 ވަަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި އަންނަނީ އެތެރެކުރުން މަނާ ބާވަތްތައް ހިމެނޭ ލިސްޓު ނެރެމުންނެވެ. 

އެ ގޮތުން، ޕްލާސްޓިކް ހޮޅިއަކީ އެންމެ ފުރަތަމަ ނެރުނު ގަރާރުގެ ދަށުން ޖޫން 1، 2021 އިން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ބާވަތެކެވެ. އަދި، ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 19، އިން ފެށިގެން ޕްލާސްޓިކް ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް އިއްޔެ ސަރުކާރުން ނެރުނު ލިސްޓުގައި ވަނީ ޖޫން 1، 2031 ވަން ދެން ޕްލާސްޓިކް ހޮޅި އެތެރެކުރެވޭ ގޮތަށް ހަދާފަ އެވެ. މި ބާވަތުގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން އަނެއްކާ ވެސް މަނާ ވަނީ ޑިސެމްބަރު 19، 2031 ގައި އެވެ. 

"މިހާރު ބާޒާރުގައި ބޭނުންކުރާ ކަރުދާސް ހޮޅިތަކަކީ ފޫދި، ފެނަށް ގިރި ބޭނުންކުރުމަށް ދަތިތަކެއް ހިރި އެއްޗެހި ކަމަށް ފާހަގަކުރެވޭ. މިފަދަ ހޮޅިތަކުގައި ޕްލާސްޓިކް ފަށަލަ އާއި ތެރަސް ހުރުމުގެ ސަބަބުން، މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ފާހަގަކުރެވިފައިވާ،" އެންވާރަމަންޓު މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ. 

ރާއްޖޭގެ ވެއްޓަށް، ހާއްސަކޮށް ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބޭ ޕްލާސްޓިކް މަނާކުަރަން ފެށި މަސައްކަތް އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުތަކަށް ނިންމި ނަމަ، 12 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި އެއްވެސް ގޮތަކަށް ބޭނުންނުކުރާނެ އެވެ.  ނަމަވެސް އޭރު ރޭވި ގޮތަށް، އަދި އެކި ފަހަރު މަތިން ތާރީހުތައް ފަސްކުރުމާއެކީ، ކުރިން ޑިސެމްބަރު 2023 އަށް ނިމެން އޮތް ކަމެއް މި ވަނީ 2031 އަށް ފަސްވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox