ރައީސް އޮފީހުގެ ޕްރެސްގައި ބައިވެރިވާން ފުރުސަތު ނުދީ އަދަދު ނޫހުގެ ނޫސްވެރިޔާ ނެރެލައިފި

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މިއަދު ބާއްވަން އޮތް މުންދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ އަދަދު ނޫހުން އެ ބައްދަލުވުމުގައި ބައިވެރިވާތީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މިއަދު ބާއްވަން އޮތް މުންދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރީ އަދަދު ނޫހުން އެ ބައްދަލުވުމުގައި ބައިވެރިވާތީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ނުދީ، ޕްރެސް ކޮންފަރެންސް ބޭއްވި ތަނުން އޭނާ ނެރެލައިފި އެވެ. 

ޕީއެސްއެމްގައި ބޭއްވަން އުޅުނު މި ނޫސްވެރިންގެ ބައްދަލުވުމުން ލީވާން ނެރެލީ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ނޫސްވެރިންގެ ލިސްޓުގައި އޭނާގެ ނަން ނެތް ކަމަށް ބުނެ އެވެ. ނަމަވެސް, ލީވާން އެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައީ އޮންނަ އުސޫލުގެ މަތިން ރައީސް އޮފީހަށް ނަން ފޮނުވައިގެންނެވެ. 

މިކަމާ ގުޅިގެން މީޑިއާތަކަށް މުންދު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތެއް އަދަދު ނޫހަށް ނެތް ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ތަނަށް ލީވާން ވަދެ އިނުމުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ނުގެންދެވި ކެންސަލް ކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ. އެ ފިޔަވަޅު އަޅާފައިވާކަން މިހާތަނަށްވެސް ރައީސް އޮފީހުން ރަސްމީކޮށް ލިޔުމުން އަދަދު ނޫހަށް އަންގާފައި ނުވެ އެވެ. 

އެހެންވެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް މި ނޫހުގެ ނޫސްވެރިން ނުވައްދަން ނިންމި ނިންމުން ރަސްމީކޮށް ލިޔުމުން ހޯދަން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި ވާނީ ސިޓީ މެދުވެރިކޮށް އެދިފަ  އެވެ. އެ ސިޓީތަކަށް މިހާތަނަށްވެސް ޖަވާބު ނުލިބޭތީ އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އަދަދު ނޫހުން ވަނީ ރައީސް މުހައްމަދު މުއިއްޒަށް އާ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. 

ސަރުކާރުގެ ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލައިގައި ޖަވާބެއް ނުދޭތީ އަނެއްކާވެސް މުއިއްޒުއަށް ސިޓީއެއް

މި ފިޔަވަޅަކީ ބޭއިންސާފު އަދި ގާނޫނީ ހަމަތަކުން ބޭރު ނިންމުމެއް ކަމަށް ފާހަގަކޮށް، މި މައްސަލަ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެ ނޫހުން ބުނެއެވެ.

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅުވަ އެވެ. 

އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް އަމިއްލައަށް ނިންމަވައި، މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ. 

ހަމަ އެ ރޭ 11:01 ގައި ރައީސް އޮފީހުން މީޑިއާތަކަށް ކަނޑައަޅާފައިވާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން ވަނީ އަދަދު ނޫހަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.

އެ ފަހުން ރައީސް އޮފީހުން އާ ވަޓްސްއެޕް ގްރޫޕެއް އެކުލަވާލިއިރު، މި ނޫހުގެ އެއްވެސް ނޫސްވެރިޔަކު އެ ގްރޫޕުގައި ވެސް ބައިވެރިކޮށްފައި ނެތެވެ. 

އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ ފިޔާޒު އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 

އައިޝާ ޑޮކިއުމަންޓްރީއަކީ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox