މަޖިލިސް މެންބަރުންނަށް ލިބޭ ހާއްސަ ހެލްތު އިންޝޫރެންސް ކަނޑާލަން ހުށަހަޅާ ޕެޓިޝަނުގައި 7،000 އަށްވުރެ ގިނަ ސޮއި

Parliament chamber. -- Photo: People's Majlis

Parliament chamber. -- Photo: People's Majlis

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ސާކްގެ ގައުމުތަކާއި އާސިއާންގެ ގައުމުތަކުން ހެލްތު އިންޝޫރެންސް ލިބެންޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލައި ހުރިހާ މެންބަރުންނަށް ވެސް އާންމު ރައްޔިތުންނަށް ލިބޭ ގައުމީ ސިއްހީ އިންޝޫރެންސް އެކަނި ލިބޭ ގޮތަށް ހެދުމަށް ގޮވާލައި ސޮއިކުރަމުންދާ ޕެޓިޝަނުގައި 7،000 އަށްވުރެ ގިނަ ދިވެހިން ސޮއިކޮށްފި އެވެ. 

އޮގަސްޓު 16، ގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަންގެ މުއްދަތު ހަމަވާން ބާކީ ފަސް ދުވަސް އޮތްއިރު މިހާތަނަށް 7،096 މީހުން ވަނީ ސޮއިކޮށްފަ އެވެ. މި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި މިހާރު ބަހުސްކުރަން ލާޒިމުވާނެ އެވެ. 

"އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ. 

Advertisement

 ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ ކަމަށް ބުނަނީ މެންބަރުން އިމްތިޔާޒުތަކުގެ ގާނޫނުގަ އެވެ. އެއީ ކުރީގެ މެންބަރުންނަށް ވެސް ހެލްތު އިންޝޫރެންސް ލިބޭ ގާނޫނެވެ. 

މެންބަރުންގެ މެޑިކަލް އިންޝޫރެންސްގެ މައްސަލައިގައި އަބަދުވެސް އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެ އެވެ. މެންބަރުންނަށް ވަކި ހާއްސަ އިންޝޫރެންސް ސްކީމެއް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން، ދިވެހިރާޢްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކުރާ ޕެޓިޝަނެއް ހުށަހެޅޭނީ މަޖިލީހުގެ ކޮމިޓީއަށެވެ. ތަޅުމުގައި ބަހުސްކުރަން ލާޒިމު ވާނީ ރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ސޮއިކުރާ ޕެޓިޝަންތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ 0.5 ޕަސެންޓު މީހުންނަކީ 840 އެވެ. 0.5 ޕަސެންޓަކީ 2100 އެވެ.

މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދެވަނަ ތްރެޝްހޯލްޑް ހަމަވާ މިންވަރަށް ޕެޓިޝަނަކަށް ސޮއި ހަމަކޮށްފި ނަމަ، އެ ޕެޓިޝަނެއް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބޭތާ މަދުވެގެން ދެ ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި އެ ޕެޓިޝަން ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހޭނެ އެވެ. އަދި، އެ ޕެޓިޝަނާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްޓަކައި، މަޖިލީހުގެ ރައީސްއަށް އެ ޕެޓިޝަން ފޮނުވަންޖެހޭނެ އެވެ.

އޭގެ އިތުރުން، ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނަކާ ގުޅޭގޮތުން ސަރުކާރުން ދެކޭގޮތް ހާމަކުރުމުގެ އިތުރުން، އެ ޕެޓިޝަނެއްގައިވާ ކަންކަމަށް ހައްލެއް ގަނައުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މަޖިލީހަށް ފޮނުވަންވާނެ ކަމަށް ވެސް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ 30 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox