
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުތިން ވޯޓުގެ ތެރެއިން ދެ ވޯޓުގައި ސަރުކާރު ވީ ބަލި
އިންތިޚާބުގެ ނަތީޖާއާ މެދު ސަރުކާރާއި އިދިކޮޅުން ތަފާތު ދަޢުވާތަކެއް ކުރަމުންދާއިރު، ރައީސް މުއިއްޒު ވިދާޅުވި ގޮތާ ޚިލާފަށް ކައުންސިލްތަކުގެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމްޑީޕީން 42 އިންސައްތަ ގޮނޑި ކާމިޔާބުކުރިއިރު، ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ 41 އިންސައްތަ ގޮނޑި.
ހަބަރުވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
މުޢިއްޒުގެ ކެބިނެޓަށް އަލުން އައްޔަނުކުރެއްވި 14 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައި. ސަރުކާރަށް ގެނައި ބަދަލުތަކާއެކު ވަޒީރުންގެ އަދަދު 20 އިން 15 އަށް މަދުވެފައިވާއިރު، ބަންޑާރަ ނައިބުގެ މެންޑޭޓަށް ބަދަލެއް ނާދޭ.
ހަބަރުވަޒީފާއިން ވަކިކުރުމުގެ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރަން ނިންމުމާ ގުޅިގެން، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަހުސް ކުރުމެއް ނެތި ބޭރުކޮށްލައިފި. މި މައްސަލަ ބޭރުކޮށްލީ 39 މެންބަރުންގެ ވޯޓުން ކަމަށްވާއިރު، މިއީ އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް.
