ހުރިހާ ސިޔާސީ ޕާޓީއެއްގެ މެދުގައި މަޝްވަރާ ފެށުމަށް މުއިއްޒުގެ ސަރުކާރަށް ފައްޔާޒު ގޮވާލައްވައިފި

އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލް. ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވާލެއްވި --- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލް. ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވާލެއްވި --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ އިގްތިސާދީ އަދި ހިންގުމުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާތަކެއް ނުވަތަ އޯލް ޕާޓީ ޓޯކްސް ބޭއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފި އެވެ. 

މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ނުވަ މިނިސްޓަރަކު މިހާރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޅި ކެބިނެޓް އެކީގައިހެން ބަދަލުވެގެން ދިއުމަކީ ވަކި ހާދިސާއެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއިދު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ހިންގުމުގެ ދާއިރާގެ މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެއް މޭޒަކަށް ގެނައުމަށް ރައީސް މުއިއްޒުއަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ. 

ގައުމުގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްގައި، ރާއްޖެއަށް ގައުމީ މަސްލަހަތު އިސްކުރައްވަން ފައްޔާޒު ގޮވާލެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ގައުމަށް އެންމެ މުހިންމީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމީ ބޮޑެތި މައްސަލަތަކުގައި އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި އޮތް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަކާ މެދު ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވެސް އިއްޔެ ގޮވާލެއްވި އެވެ. 

އިދިކޮޅު ޕާޓީތަކުގެ އިސްވެރިން މި ގޮތަށް ގޮވާލަމުން އަންނައިރު ސަރުކާރުން އަދި މިކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox