މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ އިޖުރާއަތްތައް ނުހިންގޭނެ ކަމަށް ކަނޑައަޅައިދޭން އެދުނު އަމުރު ނެރެނުދިން

ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި

ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދީ, ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ އިޖުރާއަތްތައް ނުހިންގޭނެ ކަމަށް ކަނޑައަޅައިދޭން އެދުނު އަމުރު ނެރެނުދޭން މިއަދު އެ ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން ފުލް ބެންޗުގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ އެފަދަ އަމުރެއް ނެރޭ ހާލަތެއްގައި އެ މައްސަލައިގައި މައުލޫއީ ގޮތުން ގޮތް ކަނޑައަޅަން ޖެހޭ ނުކުތާއަށް އަސަރު ކުރުން ކަމަށް ބުރަވެވޭ ކަމަށެވެ. 

ގޮނޑި ގެއްލޭ މައްސަލަ އެންމެ ފުރަތަމަ ބޭއްވީ ފެބްރުއަރީ 17، 2025 ގަ އެވެ. އެ މައްސަލައިގައި ދެވަނަ އަޑުއެހުމެއް ބޭއްވީ އޭގެ 421 ދުވަހުން އެޕްރީލް ނުވައެއްގަ އެވެ. 

Advertisement

މި ވަގުތީ އަމުރު ނެރެފައި މިވަނީ ކޯޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވަގުތީ އަމުރުގެ މައްސަލައިގެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދުވަހު ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ.

ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެ އެވެ. 

ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުޑައިރުކޮޅެއް ކުރިން, ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެންނަ ބަދަލު ވެސް ފާސްކޮށްފަ އެވެ. ނަމަވެސް، އަވަސް އަރުވާލައިގެން އެންމެ 48 ގަޑިއިރު ތެރޭގައި ފާސްކުރި އެ ބިލު މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވަ އެވެ. 

ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ އަޒްމިރާލްދާ އާއި މަހާޒު ވަކިކުރިއިރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ވަކި ގޮތަކަށް މި ދުސްތޫރީ މައްސަލަ ނިންމުމަށް މުއިއްޒު ނުފޫޒު ފޯރުވަމުން ދިޔުމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. އަދި އޭގެ ކުޑަދުވަސްކޮޅެއް ފަހުން އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވި އެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން މި ސަރުކާރުން އައްޔަން ކުރީ ހަތަރު ފަނޑިޔާރުންނެވެ. އަނެއް ތިން ފަނޑިޔާރުން އައްޔަން ކުރީ ކުރީގެ ސަރުކާރުންނެވެ. ސުޕްރީމް ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox