ގާ ހުދުވެ، މުރަކަތައް މަރުވުމުގެ ނުރައްކާ ބޮޑުވުމުން ބިން ހިއްކުން ހުއްޓާލަން ގޮވާލައިފި

މީގެ ކުރިން 2016 ވަނަ އަހަރު ހިނގި މުރަކަ ހުދު ވުމުގެ ހާދިސާގައި މުރަކަތަކެއް ހުދުވެފައި -- ފޮޓޯ: ދަ ގާޑިއަން

މީގެ ކުރިން 2016 ވަނަ އަހަރު ހިނގި މުރަކަ ހުދު ވުމުގެ ހާދިސާގައި މުރަކަތަކެއް ހުދުވެފައި -- ފޮޓޯ: ދަ ގާޑިއަން

ރާއްޖޭގެ މުރަކަ ފަރުތަކަށް ގާ ހުދުވުމުގެ ނުރައްކާ ބޮޑުވެ، އެ ފަރުތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި މިވަގުތު ކުރިއަށް ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުއެއް ހުއްޓާލުމަށް މުރަކަ އާއި ފަރުތައް ދިރާސާކުރާ ޖަމިއްޔާ، މޯލްޑިވްސް ރެސީލިއަންޓް ރީފްސްއިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް މިވަގުތު ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖެ އޮތީ ގާ ހުދުވުމުގެ "ވޮޗް" އެލާޓްގައި ކަމަށެވެ.

ކުރިއަށް އޮތް 12 ހަފުތާގެ ތެރޭގައި މި ހާލަތު އިތުރަށް ގޯސްވެ، "އެލާޓް ލެވަލް 1" އަށް ބަދަލުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. މިއީ ފަރުތަކުން ވަރަށް ބޮޑަށް ގާ ހުދުވާނެ މަރުހަލާއެކެވެ.

ގާ ހުދުވުމަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ "ޒޫޒެންތެލީ" ނަމަކަށް ކިޔާ ފެހިތައް ބޭރުވުމުން ދިމާވާ ކަމެކެވެ. މި ފެހިތަކަކީ މުރަކައަށް ބޭނުންވާ ހަކަތައިގެ 90 ޕަސެންޓު ފޯރުކޮށްދޭ ދިރުން ކަމަށްވާއިރު، އެ ފެހިތައް ބޭރުވުމުން މުރަކަތައް ބަލިކަށިވެ މަރުވުމުގެ ފުރުސަތު ބޮޑު ވެ އެވެ.

މިއީ ރާއްޖޭގެ ފަރުތަކަށް މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތަކެއް ދިމާވާން މެދުވެރިވި ސަބަބެވެ. އެގޮތުން،  1998، 2016 އަދި 2023 ވަނަ އަހަރު ވެސް ކަނޑުގެ ލޮނުގަނޑު ހޫނުވެ ވަރަށް ބޮޑަށް ގާ ހުދުވި އެވެ.

ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ސަރުކާރުން ހިންގާ ބިން ހިއްކުމާއި ވެލި ނެގުމުގެ މަޝްރޫއުތައް، ކަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަކަށް ތިރިވާތާ މަދުވެގެން ދެ ހަފުތާ ވަންދެން ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ކިލަނބުވެ، ކިސަޑު ގިނަވުމަކީ މިހާރު ވެސް ބަލިކަށިވެފައިވާ މުރަކަތައް މަރުވުމަށް މެދުވެރިވާނެ ސަބަބެކެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ވެލި ނެގުމާއި ގޮނޑުދޮށް ހެދުމުގެ މަސައްކަތްތައް ހުއްޓާލުމަށާއި، ކަނޑަށް ނަޖިސް ފެން ދޫކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވަނީ ގޮވާލާފަ އެވެ. 

އާންމު ރައްޔިތުން ވެސް މި ދުވަސްވަރު ފަރުތަކަށް ކުރާ ޒިޔާރަތްތަކުގައި ނަގިލި އެޅުމާއި، ފަރުތަކަށް ގެއްލުންވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ސަރަހައްދުތަކުން ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. 

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox