ކުއްލި ގޮތަކަށް އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރަން އުޅޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު އަހްމަދު ޝަމްހީދު: --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު އަހްމަދު ޝަމްހީދު: --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ކުއްލި ގޮތަކަށް އެންގުމާ ގުޅިގެން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ނުކޮށް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.  

މިއަދުގެ މަޖިލިސް ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން ޖެހުނީ 39 މެންބަރުން ބަހުސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ. 

އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސޯދު ދަށްވެ، ރައްޔިތުންނަށް ދަތިވަމުންދާ ވަގުތެއްގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ އާއިލާތަކަށް ސީދާ މާލީ ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ. ހަމައެހެންމެ، ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި އެކަށީގެންވާ ވަރަށް ވަޒީފާ އުފެދިފައި ނުވަނީސް ސަރުކާރު ވަޒީފާތަކުން މީހުން ވަކިކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން، ދައުލަތުގެ ހަރަދު ކުޑަކުރަން ފަށަންވާނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ނޫންކަމަށާއި، ސިޔާސީ މަގާމުތަކާއި އެހެނިހެން ބޮޑެތި ހަރަދުތަކުންކަން ބަޔާންކޮށްފައިވެ އެވެ. 

ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އެ ކުންފުނިތަކަށް އެންގީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އަޅަން ނިންމާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެ ގޮތުން ސަރުކާރުން ކުންފުނިތަކަށް އަންގާފައި ވަނީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިހާރު ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި ކޮންމެހެން ބޭނުން ނުވާ ވަޒީފާތަކަށް މީހުން ނުނެގުމަށެވެ. 

އެ ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި އެވެ. އެ އަދަދުން ހިސާބުކުރާއިރު، ސީދާ 33 ޕަސެންޓު މުވައްޒަފުން ކަނޑާނަމަ، 13،000 އަށް ވުރެ ގިނަ މީހަކަށް ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

ޕީސީބީން ޝާއިއުކޮށްފައިވާ އެނުއަލް ސެކްޓާ ރިޕޯޓު 2024 ގައިވާ ގޮތުގައި، މި ސަރުކާރުގެ ދައުރު ފެށުނު 2023 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 35,000 މުވައްޒަފުންނެވެ.

މިހާރު ކުންފުނިތަކުގައި ތިބި ކަމަށް ބުނާ އަދަދަކީ އަސްލު އަދަދު ނަމަ، އެ ފަހުން މިވީ ދެ އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި އެސްއޯއީތަކުން ވަނީ 12،000 ވަޒީފާ އުފައްދާފަ އެވެ. މިއީ ކުންފުނިތަކުން މަދުކުރަން ބޭނުންވެގެން އުޅޭ 13،000 އާ ގާތްކުރާ އަދަދެކެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox