ޕީއެންސީ މަޖިލިސް މެންބަރުންނަށް އޮތީ ބަލި ގަބޫލުނުކޮށް އިންތިހާބުތަކުން މޮޅުވި ކަމަށް ދެއްކުން

މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ޕީއެންސީ މެންބަރުން

މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ޕީއެންސީ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު އެ ބާއްވަނީ 36 ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި ބޮޑު އިންތިހާބެއް ބާއްވައިފި އެވެ. މުޅި ސަރުކާރާއި މަޖިލިސް މަސްއޫލުވެ އުޅުނީ އެ އިންތިހާބުތަކުގެ ކެމްޕޭނުގަ އެވެ. ގާނޫނު ހެދުމާއި ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުން އޮތީ އެންމެ މަތިން އަންގައިގެން ހުއްޓުވާފަ އެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކާމިޔާބު ލިބުނު ކަމަށް ދައްކަން އުޅުނު ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކުޑަ ރަށްރަށުން ވެރިކަން ކުރާ ޕާޓީއަށް ކުރި ލިބުނަސް ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުން ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ. ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. 

އެ އިންތިހާބާ އެކު ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް ތާއިދު އޮތް މިންވަރު ވަރަށް ސާފުކޮށް ބަޔާންކޮށްދޭ ނަތީޖާ އެކެވެ. މުޅި ދައުލަތް ބޭނުންކޮށްގެން ކުރި ކެމްޕޭނަކަށް ފަހު އެ އިންތިހާބުގައި ސަރުކާރަށް 35 ޕަސެންޓު ވެސް ހަމައެއް ނުކުރެވެ އެވެ. ސަރުކާރުގެ ހުށަހެޅުމަށް 69 ޕަސެންޓު ރައްޔިތުން ބުނެފައިވަނީ ނޫނެކޭ އެވެ.

Advertisement

މި ކަންކަން މިހެން ހުރި ނަމަވެސް އާންމު އުސޫލެއްގެ ގޮތުން މިއަދުގެ މަޖިލިސް ބަހުސްގައި ވެސް ޕީއެންސީން އިސްކުރީ މުއިއްޒުއަށް ސަނާކިޔުމާއި ކަން ހިނގައިދިޔަ ގޮތް އޮޅުވާލުމަށެވެ. އަމިއްލަ ދާއިރާތަކުން ވެސް "ދޫންޏަށް" ވޯޓު ނުހޯދުނު މެންބަރުން ވެސް ބެލީ އިންތިހާބުން ވީ ބަލި ގަބޫލުނުކޮށް އެއީ ލިބުނު ބޮޑު މޮޅެއްގެ ގޮތުގައި ދެއްކުމަށެވެ. 

"ރެފަރެންޑަމްގެ ވޯޓަކުން ނުބުނެދޭ އެއީ ރައީސް މުއިއްޒުއަށް، މިއަދުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި ކަމަކަށް. ރެފަރެންޑަމްގެ ވޯޓަކީ ސަރުކާރަށް ތާއިދު އޮތްތޯ ނެތްތޯ އެހީ ވޯޓެއް ނޫން،" ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ވީ ބޮޑު ބަލީގެ ދިފާއުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވި އެވެ. 

ކައުންސިލް އިންތިހާބުގައި ގޮނޑިތަކަށް ވާދަކުރި ނިސްބަތުން އެންމެ ގިނަ ގޮނޑި ވެސް ކާމިޔާބު ކުރީ އިދިކޮޅު ޕާޓީންނެވެ. ވޯޓެއް އަޅައިގެން އިންތިހާބު ކުރި ގިނަ ގޮނޑިތައް ނެގީ ވެސް އެމްޑީޕީންނެވެ. ޕީއެންސީއަށް ގިނަ ގޮނޑި ލިބުނު ކަމަށް އެ ބުނަނީ ޑަބްލިއުޑީސީ ގޮނޑިތަކާއެކު އެވެ. 

"ރައީސް މުއިއްޒުއަށް ތާއިދު އޮތްތޯ، ނެތްތޯ އެހި ވޯޓެއް ނޫން އެއީ. އެ ގޮތަށް އެހިނަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދިން އެންމެން ހަމަ ދޭނީ ޕީއެންސީއަށް، ޕީއެންސީ ވޯޓު ނޫންތޯ، އެއީ މުޅިން އެހެން ވޯޓެއް،" ފަލާހު ވިދާޅުވި އެވެ. 

ޕީއެންސީގެ މެންބަރުން މިގޮތަށް ވާހަކަ ދެއްކެވި ނަމަވެސް މުލިއާގޭގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އިންތިހާބުން ބަލިވިކަމަށް މުއިއްޒު އޮތީ އިއުތިރާފުވެވަޑައިގެންފަ އެވެ. 

އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސް ގަބޫލު ކުރައްވަނީ މި ނާކާމިޔާބީގެ އަސްލަކީ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ސަރުކާރާ ދެކޮޅަށް ސިއްރިއްޔާތުގައި ކުރެއްވި މަސައްކަތްތަކެވެ.

"މީ ތިމާމެންނަށް މެޑަލް ޖަހާފައި، ތިމާމެން ކުރި މޮޅުކަމަކުން ތިމާމެންނަށް ލިބުނު އެއްޗެއް ކަމުގައި ވާހަކަ ދައްކާނެ ކަމެއް ނެތް. ރާއްޖޭގެ ވޯޓުލާ ނިސްބަތުން އާނ ބަސް ބުނެފައި އޮތީ މި ފިކުރަށް، އަޅުގަނޑުމެންގެ ސަރުކާރަށް،" ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވި އެވެ. 

ޕީއެންސީގެ މެންބަރުން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކައިގައި ރެފަރެންޑަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ދައްކަވަން އުޅުނެވެ. ނަމަވެސް، ސަރުކާރުން މުޅި ދައުލަތުގެ ހުރިހާ ވަސީލަތަކާއި ހަކަތައެއް އެ ރެފަރެންޑަމް ކާމިޔާބު ކުރުމަށް ބޭނުންކުރި އެވެ. 

"ނޫނެކޭ ނޫން ބުނީކީ. ދިވެހި ރައްޔިތުން މިދިޔަ އިންތިހާބުގައި ވެސް ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް ދެއްވާފައި ވަނީ،" ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވި އެވެ. 

މިއަދު މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރުމެވެ. އެ އިސްލާހަށް ބަހުސް ކުރުމުގެ ތެރެއިން ޕީއެންސީގެ ގިނަ މެންބަރުންގެ ވާހަކަތައް ހުރީ ވިހިވަނަ މަޖިލިސް ފެށިގެން ފުރަތަމަ ދައުރުގެ ތެރޭގައި ވާހަކަ ދެއްކެވި ގޮތަށެވެ. ކުރީ ސަރުކާރުގެ ބަހަނާ މިއަދު ވެސް ގިނަ މެންބަރުން ދެއްކެވި އެވެ. 

"މިއީ ދިވެހިރާއްޖޭގެ ލޯކަލް އިންތިހާބެއްގައި ވެރިކަން ކުރާ ޕާޓީއަކަށް ލިބިގެންދިޔަ އެންމެ ބޮޑު އަގުލަބިއްޔަތު ލިބިގެންދިޔަ ފަހަރު،" މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވި އެވެ. 

މަގުމަތީގައި އިދިކޮޅުން ދަމާފައި ހުރި ބެނާތަކުގައި އޮޅުވާލުންތަކެއް ހުރި ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) ވިދާޅުވި އެވެ. އަދި އެއީ އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރި ސަބަބެއް ކަމަށް ވެސް ބައެއް ޕީއެންސީ މެންބަރުން ދެކެވަޑައިގަންނަވަ އެވެ. 

"އަޅުގަނޑުމެން އިންތިހާބަކުން ބައްޔެއް ނުވޭ. އެކަމަކު ތާރީހަށް ބަލާއިރު އެއްވެސް އިރެއްގައި ތި ބުނާ ޑިމޮކްރަސީއޭ ކިޔާ އެއްޗެއް އުފެދުނު ފަހުން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް،" އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ. 

ކޮންމެ ގޮތެއް ވިޔަސް 2028 ވަނަ އަހަރު ވެރިކަމުގައި ޕީއެންސީ އޮންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ. 

ޕީއެންސީގެ މެންބަރުން ތަޅުމުގައި މިގޮތަށް ވާހަކަ ދައްކަވަމުން އަންނައިރު އެމްޑީޕީގެ މެންބަރުން ވަނީ މި ސަރުކާރުގައި މިވަގުތު ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. 

ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް ތާއިދުކޮށް ވޯޓު ދިނީ 67،680 މީހުންނެވެ. އެއީ ޕީއެންސީގެ ދަފްތަރުގައި ތިބި ކަމަށް ބުނާ 75،000 މެންބަރުންނަށް ވުރެ ވެސް މަދު އަދަދެކެވެ. ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް 148،859 މެންބަރުން ވޯޓު ދިނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox