އެއްވެސް ހިދުމަތެއް ދޭން ނުފަށާ ޑިވެލޮޕްމަންޓު ބޭންކުގެ ދޮރު ހުޅުވޭނެ ދުވަހެއް ވެސް ސައީދަށް ނޭނގޭ

Economic Minister Mohamed Saeed. -- Photo: President's Office

Economic Minister Mohamed Saeed. -- Photo: President's Office

ނޮވެމްބަރު 2024، ގައި ހުޅުވި ޑިވެލޮޕްމަންޓު ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އިން އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭތީ އެ ބޭންކުގެ ދޮރު ހުޅުވޭނެ ތާރީހެއް ހޯދުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރި ސުވާލަށް ޖަވާބު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ޖަވާބު ނުދެއްވުނެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދުއާ މި ސުވާލު އަމާޒުކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ. އޭނާ ސައީދުގެ އަރިހުން އެދުނީ ޑީބީއެމްގެ އޮފީހުގެ ދޮރު ހުޅުވޭނެ ސީދާ ތާރީހެއް ދިނުމަށެވެ. 

"ޑިވެލޮޕްމަންޓު ބޭންކަކީ މުހިންމު ބޭންކެއް، އެ ބޭންކު އޮޕަރޭޝަނަލައިޒް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ދަނީ ކުރަމުން. އަޅުގަނޑު ހަމަ އިއްޒަތްތެރި މެންބަރު މި ސުވާލު ކުރެއްވީމާ އެބަ ހިތަށް އަރާ މީ ހަމަ މުޅިން އާ ކަންތައްތަކުގެ ވާހަކައޭ މި ދައްކަނީ،" އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ސައީދު ވިދާޅުވި އެވެ.

އެއަށްފަހު ސައީދު ވަނީ އެމްޑީޕީގެ ސަރުކާރުގައި އެންމެ ގެދޮށު މަސް ފެކްޓްރީއެއް ވެސް ގާއިމުނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.  އެމްޑީޕީގެ ސަރުކާރުގައި ނުފުއްދާ ވައުދުތަކުގެ ވާހަކަ ދައްކަން ޖެހެނީ ތަކުރާރުކޮށް ޑީބީއެމްގެ ވާހަކަ ދައްކަވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ޖަވާބު ދެއްވުމުން ޗެމްބަރުގައި ތިއްބެވި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ތަރުހީބު ދެއްވި އެވެ. 

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، 2024 ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެކަމަކު މިއަދާ ހަމައަށް އެ ބޭންކުން ލޯނުގެ ގޮތުގައި ލޯ ލާރިއެއް ލިބުނު ދިވެއްސަކު ވެސް ނެތެވެ. ނަމަވެސް އެ ބޭންކަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox