ތިން ވޯޓުގެ ތެރެއިން ދެ ވޯޓުން ބަލިވުމުން ވެސް ނަތީޖާ އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަނީ

އިންތިހާބުގެ ކެމްޕޭނަށް ޕިއެންސީ އާއި އެމްޑީޕީގެ ދިދަތަކެއް ދަމާފައި

އިންތިހާބުގެ ކެމްޕޭނަށް ޕިއެންސީ އާއި އެމްޑީޕީގެ ދިދަތަކެއް ދަމާފައި

އެޕްރީލް 4, ވޯޓުލާން ނުކުތް ކޮންމެ މީހެއްގެ އަތަށް ތިން ކަރުދާސްކޮޅު ލިބުނެވެ. ތިން ވޯޓެއްގައި އެ ދުވަހު ދިވެހިން ގޮތް ނިންމައިފި އެވެ. ކައުންސިލްތައް ހޮވައިފި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކޮށްފި އެވެ. އަދި ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން ބަސް ބުނެފި އެވެ. 

އެއަށް ފަހު ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅު ޕާޓީން ވެސް ބުނަމުން އަންނަނީ އިންތިހާބުތައް ކާމިޔާބުކުރީ އެ ޕާޓީން ކަމަށެވެ. އެތައް ޗާޓުތަކެއް ހަދައި ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އަމިއްލަ ޕާޓީ މޮޅުވި ކަމަށް ދެއްކުމަށެވެ. ޕޯޑިއަމްތަކުގައި ވެސް ދައްކަމުން އަންނަނީ އިންތިހާބުތަކުން މޮޅުވީ ތިމާމެން ކަމަށެވެ. ވަކިން ހާއްސަކޮށް ސަރުކާރުންނެވެ. 

"މުޅި ރާއްޖޭގެ މި އިންތިހާބަށް ބަލާއިރުގަ ހަގީގަތުގަ ޖުމްލަކޮށް ބަލާއިރުގަ ކޮންމެ ކޮންމެ ކަހަލަ ކެންޑިޑޭޓެއް ނަމަވެސް މި ދެންނެވީ ކައުންސިލްކަމުގަ ވިޔަސް، ކައުންސިލް މެމްބަރުން ވިޔަސް، ކައުންސިލްތަކުގެ ރައީސުން ކަމުގައި ވިޔަސް، ޑަބްލިއުޑީސީ މެމްބަރުން ކަމުގަ ވިޔަސް އަދި ޑަބްލިއުޑީސީ ރައީސުން ކަމުގަ ވިޔަސް މި ކޮންމެ ހަތަރު ދާއިރާއިން، މި ކޮންމެ ދާއިރާއަކުން ވެސް އިރާދަކުރެއްވީތީ މި މުޅި ރާއްޖޭން އަޅުގަނޑުމެންނަށް ވަނީ ގިނަ ގޮނޑިތައް ލިބިފައި،" މިއީ އއ. ރަސްދޫގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ އެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރި ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އިންތިހާބުވި ގޮތުގެ އަދާހަމައަށް ބަލާއިރު މުއިއްޒުގެ އެ ވާހަކައިގައި ތެދާއި ދޮގު ވެސް އެކުލެވެ އެވެ. ކައުންސިލްތަކުގެ ގިނަ ގޮނޑިއެއް ވެރިކަން ކުރާ ޕާޓީއަކަށް ނުލިބެ އެވެ. ޑަބްލިއުޑީސީ ގޮނޑިތައް ގިނައިން ގެންދިޔައީ ޕީއެންސީންނެވެ. 

ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ނަތީޖާ
ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ނަތީޖާ

އެ ނަތީޖާއަށް ބަލާއިރު ކައުންސިލްތަކުގެ 289 ގޮނޑިއާއެކު 42 ޕަސެންޓު ގޮނޑި އެމްޑީޕީން ނެގި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންތިހާބާ ނުލައި އެ ޕާޓީއަށް ލިބުނު އެންމެ ގޮނޑިއެކެވެ. 

އެއާ ހިލާފަށް ވެރިކަން ކުރާ ޕީއެންސީއަށް ލިބުނީ 280 ގޮނޑިއާއެކު 41 ޕަސެންޓު ގޮނޑި އެވެ. އޭގެ ތެރެއިން 28 ޕަސެންޓު ގޮނޑިއަކީ އެ ޕާޓީއަށް އިންތިހާބަކާ ނުލައި ލިބުނު ގޮނޑިތަކެވެ. ޕީއެންސީއަށް ލިބުނު ގޮނޑީގެ ތެރެއިން 10 ޕަސެންޓަކީ އިންތިހާބަކާ ނުލައި އެ ޕާޓީއަށް ލިބުނު ގޮނޑި އެވެ. 

އަމިއްލަ ގޮތުން ވާދަކުރި 91 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރިއިރު ތިންވަނައަށް މިވަގުތު ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަނީ އެމްޑީއޭ އިންނެވެ. އެ ޕާޓީއަށް 12 ގޮނޑި ލިބުނެވެ. އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޑިމޮކްރެޓްސްއަށް ނެގުނީ ކޮންމެ ޕާޓީއަކަށް ދެ ގޮނޑި އެވެ. 

އެންމެ ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދީ ސިޓީތަކުންނެވެ. ސިޓީތަކުގެ މޭޔަރުން ހިމެނޭހެން އިންތިހާބުކުރާ 52 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 46 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ޕީއެންސީއަށް ލިބުނީ އެންމެ ފަސް ގޮނޑި އެވެ.

ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ނަތީޖާ
ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ނަތީޖާ

ޑަބްލިއުޑީސީ އިންތިހާބުގައި ޕީއެންސީން 304 ގޮނޑި ކާމިޔާބުކުރިއިރު އެމްޑީޕީއަށް ލިބުނީ 274 ގޮނޑި އެވެ. ކައުންސިލްތަކެކޭ އެއްގޮތަށް ސިޓީތަކުގެ ޑަބްލިއުޑީސީގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީންނެވެ. 

އަމިއްލަ ގޮތުން ވާދަކުރި 78 ކެންޑިޑޭޓަކު އިންތިހާބުން މޮޅުވިއިރު އެމްޑީއޭއިން 11 ގޮނޑި ނެގި އެވެ. އަދާލަތު ޕާޓީން ހަތަރު ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ލިބުނީ ޑަބްލިއުޑީސީގެ ދެ ގޮނޑި އެވެ. 

ގޮނޑިތައް ނެގި ނިސްބަތަށް ބަލާއިރު ޕީއެންސީއިން 45 ޕަސެންޓު ގޮނޑި އަދި އެމްޑީޕީން 40 ޕަސެންޓު ގޮނޑި ނެގި އެވެ. އަމިއްލަ ކެންޑިޑޭޓުން 12 ޕަސެންޓު ގޮނޑި ޑަބްލިއުޑީސީތަކުން ކާމިޔާބުކުރި އެވެ. ސަރުކާރު ހިންގާ ޕާޓީއަށް 50 ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. 

ދެން އޮތީ މުއިއްޒު އެންމެ ބޮޑަށް ގެންނަންވި ބަދަލާ މެދު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އެވެ. ދައުރުގެ މެދުން ނެގި މި ވޯޓަކީ ސަރުކާރަށް އޮތް އިތުބާރާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ވޯޓެއްކަން ނަތީޖާއިން ސާފުވެ އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް މުއިއްޒު ހުށަހެޅުއްވުމުން ވޯޓު ދިނީ އެންމެ 31 ޕަސެންޓު މީހުންނެވެ. އެއީ 67،680 މީހުންނެވެ. 

އެ ހުށަހެޅުމާ ދެކޮޅަށް 148،859 މީހުން ވޯޓު ދިނެވެ. އެއީ 69 އިންސައްތަ މީހުންނެވެ. މިއީ ފަހުގެ ތާރީހެއްގައި ސަރުކާރަކާ ދެކޮޅަށް އެންމެ ގިނަ ވޯޓު ރައްޔިތުން ދިން ފަހަރެވެ. 

ޖުމުލަ ތިން ވޯޓެއް އެ ދުވަހު އޮތްއިރު ޕީއެންސީއަށް ކުރިހޯދުނީ ހަމައެކަނި ޑަބްލިއުޑީސީ އިންތިހާބުގަ އެވެ. ބާކީ ދެ ވޯޓުން ސަރުކާރު ވީ ބައްޔެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox