ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އިއާދަކުރުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ޣަފޫރުގެ ދައުވަތު

އެމްޑީޕީގެ ޖަލްސާއެއްގައި ޣަފޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޖަލްސާއެއްގައި ޣަފޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި އޮތް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަކާ މެދު ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ދައުވަތު ދެއްވައިފި އެވެ. 

ވިހިވަނަ މަޖިލީހުން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އޭގެ ތެރެއިން ބައެއް ބަދަލުތަކަށް އަމަލުކުރަން ފަށާފައިވާއިރު އަނެއް ބައި ބަދަލުތަކަށް ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ތާއިދު ލިބިފައި ނުވެ އެވެ. އެހެންވެ އެ ބައްދަލުތަކަށް އަމަލެއް ނުކުރެވެ އެވެ. 

"ގާނޫނުއަސާސީއަށް މި ގެނައި އިސްލާހުތަކުގައި ދެ ޕާޓީ އިށީނދެގެން، ވާހަކަ ދައްކައިގެން ހައްލެއް އެބަ ޖެހޭ ހޯދަން. މެންބަރުން ތަޅުލާފައި ނުބޭތިއްބޭނެ،" ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވި އެވެ. 

ޣަފޫރު މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާމުގެ ބާރު ސިޔާސީ ޕާޓިތަކަށް ދިނުމަށް ގާނޫނުއަސާސީ ބަދަލުކުރީ މި މަޖިލީހުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު މާދަމާ އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ އެވެ. 

"ދައުލަތުގެ ވެރިޔަކަށް ހުންނަ މީހާ އެ ޒިންމާތައް އުފުލަން ޖެހޭނެ، ދައުލަތުގެ ފައިސާއިން ކޮރަޕްޝަނާއި ކަންކަން ހިނގަމުންދާއިރު. އެއީ ދައްކަން ޖެހޭ ވާހަކައެއް، ހަމަހަމަކަމާއެކު އެންމެންގެ މެދުގައި އިންސާފު އޮންނަން ޖެހޭނެ،" ޣަފޫރު ވިދާޅުވި އެވެ.

އެޕްރީލް ހަތަރުވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާ އެކު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް ގާތްގަނޑަކަށް 70 ޕަސެންޓު ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިކުރުމަށް ގެންނަން އުޅުނު ބަދަލެކެވެ. 

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް ޣަފޫރު ގޮވާލެއްވިއިރު އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އާބާދީ ބޮޑެތި ސިޓީތައް ކާމިޔާބުކޮށްފަ އެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް އެ ޕާޓީން ކެމްޕޭން ކުރީ ސަރުކާރަށް ނޫނެކޭ ބުނުމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނާތީ އެކަށީގެންވާ ވަރަށް އެ ތަނުގައި ގައުމުގައި ހުރި މައްސަލަތަކާ މެދު ބަހުސެއް ނުހިނގަ އެވެ. ޕީއެންސީ މެންބަރުންގެ ވާހަކައިގައި މައިގަނޑުކޮށް އޮންނަނީ ރައީސް މުހައްމަދު މުއިއްޒުއަށް ތައުރީފުކޮށް ވާހަކަ ދެއްކުމެވެ. 

އެމްޑީޕީގައި ތިއްބަވަނީ 12 މެންބަރުން ކަމަށްވުމާއެކު މަޖިލިސް ތަޅުމުގައި އިދިކޮޅު އަޑުތައް އިވެނީ ވަރަށް މަޑުންނެވެ. ޣަފޫރުގެ މި ގޮވާލެއްވުމަށް ސަރުކާރުން އިޖާބަ ދޭނެކަން އަދި ސާފެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox