
މުހައްމަދު ޝަހްޒާން
ޖާނަލިސްޓު
މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.
3511 ލިޔުން
ހަބަރުރަށްރަށުގެ ބިން ސަރުކާރަށް ނެގޭ ބިލު ފާސްވެއްޖެ
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް އިދިކޮޅު މެންބަރުން ހުށަހެޅި އިސްލާހުތަކަށް އަމަލުކުރުމެއް ނެތިއެވެ.
ހަބަރުޝަމްއޫން ހަމީދު އެޗްއާރުސީއެމްއަށް އައްޔަނުކުރަން ފާސްކޮށްފި
ހިއުމަންރައިޓްސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ސަމާއު އަހުމަދު ނަޖީބު ބާކީކޮށް، އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޝަމްއޫން މި މަގާމަށް އައްޔަނުކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
ހަބަރުއެލްޖީއޭ ބޯޑަށް ދެބޭފުޅުން އައްޔަނުކުރަން ފާސްކޮށްފި
މަޖިލީހުން މިގޮތަށް ނިންމީ، އެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުން އިންތިޚާބު ކުރުމަށް ބާއްވަން އޮތް އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބެވި ބައެއް މެންބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 20 އަށް ހަމަވާނެއެވެ.
