ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުކޮޅު އަތުލިޔަސް ސަރުކާރުގެ ހަރަދު ކުޑަނުކުރާ ނަމަ އަގު ތިރިއެއް ނުވާނެ: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ ޑޮލަރުކޮޅު އަތުލިޔަސް، ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރާނަމަ، ޑޮލަރުގެ އަގު ތިރި ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާގެ ގާނޫނަށް ސަރުކާރުން ގެންނަ ބަދަލުތަކަށް ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ، ގާނޫނަށް ގެންނަން ހުށަހަޅާފައި ވަނީ ތަންފީޒު ނުކުރެވޭނެ ވަރުގެ އިސްލާހުތަކެއް ކަމަށެވެ. އަދި، އޭގެ ސަބަބުން ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޓީގެ އިސްވެރިން ގެނެސް މޭޒެއްގެ އެއްކޮޅަށް ޖަމާކޮށް އެމީހުންނަށް ފުކަކަށް ދިނަސް އަދި، ޑޮލަރުގެ އަގު ތިރިއެއް ނުވޭ އިއްޒަތްތެރި ރައީސް، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހަޔާތެއް އެމީހުންގެ އާއިލާ އާއި އަނބިދަރިންނާ ދުރުގައި ހޭދަކުރާ ޓޫރިޒަމް އިންޑަސްޓްރީގެ މުވައްޒަފުންނަށް ލިބޭ ޑޮލަރުކޮޅު އަތުލާން އުޅުނަސް އަދި ރައްޔިތުންނަށް، އާންމު ދިވެހިރައްޔިތު މީހާއަށް ޑޮލަރުގެ އަގު ތިރިއެއް ނުވޭ،" މީކާއިލް ވިދާޅުވި އެވެ.

Advertisement

"ދިވެހި ރައްޔިތުންގެ ފައިސާ، ދިވެހި ދައުލަތުގެ ފައިސާ އިސްރާފުކުރުން ނުހުއްޓާހާ ހިނދަކު އިއްޒަތްތެރި ރައީސް މިއަކަށް ހައްލެއް ނެތް."

މީކާއިލް ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ވާހަކަދައްކާ މީހުން ކުށްވެރިވާ ގޮތަށް ގާނޫނުގައި ހިމަނާނަމަ، ރަސްމާލެ ހިއްކަން ތާއީދުކުރާ ހުރިހާ އެންމެން ވެސް ކުށްވެރިވާނެ ކަމަށް އެ ގާނޫނުގައި ހިމަނަންޖެހޭ ކަމަށެވެ.

ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ވެސް ސަފީރުން އައްޔަނުކުރަމުންދާ ކަމަށް ވިދާޅުވެ މީކާއިލް ފާޑުވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ބަސްބުނުމުގެ ހައްގު އިއްޒަތްތެރި ރައީސް، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބަސްބުނުމުގެ ހައްގަށް އަރައިގަންނަން ކޮންމެ ފަހަރަކު، ކޮންމެ ފަހަރަކު، އަޅުގަނޑު ހަމަ ހިތަށް އަރާ ސަރުކާރަށް އެއްޗެއް ވިސްނެން ނޫޅޭބާއޭ،" މީކާއިލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑިގެންދިޔައީމާ އޭގެ ވޭން އަޅާނީ ހަމައެކަނި ޕީއެންސީގެ މެންބަރުންގެ ގައިގައި އެކަނި ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހަންމަލު ކުރަންޖެހޭނެ ވޭނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox