މިއަދު ބާއްވާނެކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27، ނިޔަލަށް ދަންމާލަން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ދެވަނަ ދައުރު އޯގަސްޓު 27، ނިޔަލަށް ދަންމާލަން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ބާއްވާނެކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާ ނިންމާލަމުން، މިއަދު ޖަލްސާއެއް އޮންނާނެކަމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި އެވެ. ނަމަވެސް، މިއަދު ޖަލްސާއެއް ނުބާއްވާނެކަން މަޖިލީހުގެ މެންބަރުންނަށް މިހާރު ވަނީ މަޖިލީހުގެ އިދާރާއިން އަންގައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ އޯގަސްޓު 15، ގަ އެވެ. ނަމަވެސް، ދެ ފަހަރެއްގެ މަތިން، މަޖިލީހުގެ ދެވަނަ ދައުރު ވަނީ އޯގަސްޓު 27، ގެ ނިޔަލަށް ދަންމާލައިފަ އެވެ.

Advertisement

ކައުންސިލުތަކަށް އެއްވެސް ބަދަލެއް ނުދީ ސަރުކާރަށް ބިންތައް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގެ ކޮމިޓީން ގެންނަ ބަދަލާއެކު، ކައުންސިލުން ކޮށްފައިވާ އިންވެސްޓުމަންޓުތަކަށް ބަދަލު ދޭން ޖެހޭ ކަމަށް މިހާރު ގާނޫނުގައި އޮތް މާއްދާ އުނިކޮށް، ސަރުކާރަށް ހުރިހާ ބާރެއް ލިބޭ ގޮތަށް.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ އިހުސާސީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ގެންދަނީ ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި އާންމުންގެ ތެރެއިން ބަޔަކު ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ސޯޝަލްމީޑިއާ އެކްޓިވިސްޓު، މިދުއަމް ސައުދު ހުށަހަޅާފައިވާ އެ ޕެޓިޝަނަށް ވަނީ މަޖިލީހުގެ ގަވާއިދު ބުނާ ތްރެޝްހޯލްޑް 2 އަކަށް ފެތޭ މިންވަރަށް ސޮއި ހަމަވެފަ އެެވެ.

ޕެޓިޝަނަށް ރިއާޔަތްނުކޮށް ބިންތައް ސަރުކާރަށް ނަގާ ބިލުގެ މަސައްކަތް މާދަމާ ނިންމަނީ

ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ބެލުމެއްނެތި، އެ ބިލުގެ މަސައްކަތް މާދަމާ ނިންމުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅުމާއެކު، ސަރުކާރު އަޑީގައި އޮވެ މަޖިލީހަށް ވަނީ ދެ ޕެޓިޝަނެއް ހުށަހަޅައިފަ އެެވެ. އެ ދެ ޕެޓިޝަނުގައި ވެސް ގޮވާލައިފައި ވަނީ ސަރުކާރަށް ބިންތައް ނެގޭ އިސްލާހު ފާސްކުރުމަށެވެ.

އެހެންނަމަވެސް، އެ ދެ ޕެޓިޝަނަށް ވެސް ރިއާޔަތްކުރުމެއް ނެތި އެ ބިލުގެ މަސައްކަތް މިއަދު ނިންމަން އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ޕެޓިޝަންއަށް ރިއާޔަތްނުކޮށް ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ޝިފާޒް އެވެ. މާދަމާގެ މެންދުރު 2:00 ގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު، އަހުމަދު އައިފާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox