އަދީބު މަނީ ލޯންޑާ ކުރުމުން ދައްކަން ޖެހުނު އެއް މިލިއަން ރުފިޔާ ދައްކައިފި

ކުރީގެ ނައިބު ރައީސް އަދީބު: އޭނާގެ ހުކުމް ލުއިކޮށްދެއްވައި މިނިވަންކުރެއްވީ ދައުރު ނިމެން ފަސް ދުވަހަށްވެފައި ވަނިކޮށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ---

ކުރީގެ ނައިބު ރައީސް އަދީބު: އޭނާގެ ހުކުމް ލުއިކޮށްދެއްވައި މިނިވަންކުރެއްވީ ދައުރު ނިމެން ފަސް ދުވަހަށްވެފައި ވަނިކޮށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ---

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ނައިބުރައީސް، އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖޫރިމަނާގެ ފައިސާ ދައުލަތަށް ދައްކައި ހަލާސްކޮށްފައިވާކަމަށް ސިވިލްކޯޓުން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބުއަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޫބަރު 5، 2020 ގަ އެވެ. އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅި ދެ ދައުވާގެ ތެރެއިން ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ވެސް އޭނާގެ މައްޗަށް ހުކުމްކުރި އެވެ. އެ ފައިސާ ދައްކައި ހަލާސްކުރަން އޭރު ދިނީ އެއް މަސްދުވަހެވެ.

އެ ހުކުމާ އެއްގޮތަށް އަދީބު ދައުލަތަށް އޭރު ދެއްކީ އެއް މިލިއަން ރުފިޔާ އެވެ. ބާކީ ފައިސާ ދައްކައި ހަލާސް ނުކުރާތީ އެޓާނީ ޖެނެރަލް އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ވެއްދީ މެއި، 2023 ގަ އެވެ.

އޭރު އަދީބުގެ ފަރާާތުން އެދިފައި ވަނީ ކޮމިޓްމެންޓުގެ ގޮތުގައި ފުރަތަމަ އެއްލައްކަ ރުފިޔާ ހުށަހެޅުމަށް ފަހު، ކޮންމެ މަހަކު 20،000ރ. ގެ މަގުން އެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށެވެ. އެކަމަކު ދައުލަތުން އޭރު އެދުނީ ކޮމިޓްމެންޓުގެ ގޮތުގާ ދެލައްކަ ދެއްކުމަށް ފަހު ބާކީ ބައި 36 މަހަށް ބަހާލައިގެން ދެއްކުމަށެވެ.

އެ މައްސަލައިގައި ދައުލަތުން ފަހުން ވަނީ އަދީބުގެ ފަރާތުން އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށެވެ. ނަމަވެސް ފަހުން ދައުލަތުން އެދުނީ އެ ފުރުސަތު އަދީބަށް ނުދީ މައްސަލައިގައި ޝަރީއަތުގެ އިތުރު އަޑުއެހުމެއް ނުބާއްވައި ހުކުމްކޮށްދިނުމަށެވެ.

ސިވިލްކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އަދީބު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދެ ބަޔަކަށް ބަހާލައިގެން ދައްކައި ހަލާސްކޮށްފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވާތީ އެ ހުކުމް ތަންފީޒުކުރެވިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އޯގަސްޓު 19، 2026 ގައި ދައުލަތުން އެދިފައިވާ ކަމަށެވެ.

އެގޮތުން، ސެޕްޓެމްބަރު 11، 2025 ގައި 100،000ރ. އަދި އޯގަސްޓު 13، 2026 ގައި 900،000ރ. އަދީބު ދައްކާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން، ދައުލަތުން އެދުނުގޮތަށް ސިވިލްކޯޓުން އިއްޔެ ވަނީ އެ ހުކުމް ތަންފީޒުކުރެވިއްޖެ ކަމަށް ހުކުމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox