ބިންތައް ސަރުކާރަށް ނަގާ ބިލު ފާސްކުރަންޖެހޭ ސަބަބެއް ޕީއެންސީއަށް ނުދެއްކުނު، ދިފާއުގައި މުޅީން ވެސް "ވެދާނެ ކޮށްފާނެ"!

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަންޖެހޭ ސަބަބެއް ވިދާޅުވުމަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ނުކުޅެދިއްޖެ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ އެއްވެސް ރަށެއްގެ ކައުންސިލުން އެ ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނާޅާނެ ކަަމަށެވެ. އަދި، އެފަދަ ކަމެއް ހިންގާނަމަ އެ ކައުންސިލެއްގެ ނަން ހާމަކުރަން ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު ގޮވައިލެއްވި އެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް މި ދަންނަވަނީ ސަރުކާރުން ހިންގާ ތަރައްގީގެ އެއްވެސް މަޝްރޫއުއަކަށް އެއްވެސް ރަށެއްގެ ރައްޔިތަކު ހުރަހެއް ނާޅާނެ، މިތަނުގައި ވެސް ގިނައިން މިތިބީ އެހެންޏާ މަޖިލީހާ ހިލާފަށް، ރަށްރަށަށް ނިސްބަތްވާ މެންބަރުން، އެ މެންބަރުންނަށް ހަމަ ރަނގަޅަށް އެނގޭނެ، އެހެންވިއްޔާ ހަމަ ފާހަގަކުރަންވީނުންތޯ މިވެނި ރަށަކުން ނުދިނޭ މިވެނި ކަމެއް ކުރާކަށް،" ޒިޔާދު ވިދާޅުވި އެވެ.

Advertisement

"އެހެން ބުނެލަން ކެރޭ އެއްވެސް މެންބަރެއް މި މަޖިލީހުގައި ނުއިންނާނެ، އޭގެން އެނގޭ އެއްޗަކީ ރަށްރަށުގެ ރައްޔިތުން އެބަ އެއްބާރުލުން ދެޔޭ ސަރުކާރުން ބޭނުންވާ ކަންކަމަށް."

އެ ވާހަކަތަކުގެ ދިފާއުގައި އެއްވެސް މިސާލެއް ދައްކަން ޕީއެންސީގެ މެންބަރުން ވަނީ ނުކުޅެދިފަ އެވެ.

އެ މައުލޫގައި ޕީއެންސީގެ މެންބަރުންގެ ތެރެއިން ހަމައެކަނި ވާހަކަދެއްކެވީ ވެސް އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެވެ. އޭނާ ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހަޅަން ޖެހުނީ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ރަށެއްގައި އޮންނަ ކައުންސިލުން ހުރަސްއަޅާ ހާލަތު މެދުވެރިވާތީ ކަމަށެވެ. ނަމަވެސް، އޭގެ އެއްވެސް މިސާލެއް އޭނާއަކަށް ނުދެއްކެވުނެވެ.

"މިސާލަކަށް ރަށެއްގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރަން އެއިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވެއްޖެއްޔާ، އެ ކައުންސިލަކީ ސަރުކާރާ އެއްކޮށް ބަޔަކަށް ނުވާކަމަށްވަންޏާމުން ބިން ނުދީ ހިފަހައްޓާލަފާނެ، ދެން ހަމަ އެ ރަށުގެ ޒުވާނުން އުޅެދާނެ ފުޓުބޯޅަ ކުޅެވޭނެ ގޮތެއް ނެތިގެން އެ ތަންތަން ގާއިމުކުރެވޭނެ ގޮތެއް ނެތިގެން،" ފަލާހު ވިދާޅުވި އެވެ.

"މި ކަންކަން ވަރަށް ގިނަ ފަހަރަށް ހިނގަމުން އެބަދޭ."

ފަލާހު އެހެން ވިދާޅުވި ނަމަވެސް، ސަރުކާރުން ހިންގަން ބޭނުންވާ އެއްވެސް ތަރައްގީގެ މަޝްރޫއުއަކަށް އެއްވެސް ރަށެއްގެ ކައުންސިލުން މިހައިތަނަށް ދެކޮޅު ހަދައިފައެއް ނުވެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރި ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމާއި ރާއްޖޭގެ ހުރިހާ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު، ބިންގާ އެޅުއްވި ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން، ޖިމް އަދި ޕާކުތަކުގެ އެއްވެސް މަޝްރޫއުއަކަށް ކައުންސިލްތަކުން ދެކޮޅު ހަދައިފައެއް ނުވެ އެވެ.

"ހުރިހާ ކަމެއް ހަމަޖެހިގެން" ބަހާލި ޕްރޮޖެކްޓުތަކަށް ބޭންކުން ފައިސާ ނުލިބިގެން ނުފެށިފައި

މި ޕްރޮޖެކްޓުތަކަކީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން، މަސައްކަތް ކުރުމަށް ފަހު، ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަވާލުކުރި މަޝްރޫއުތަކެއް

އަދި، ރާއްޖޭގެ 123 ރަށެއްގައި ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިންގަން 53 ކުންފުންޏަކާ ހަވާލުކުރި މަޝްރޫއުތަކަށް ވެސް ބިން ހަމަޖައްސައިދޭން ކައުންސިލްތަކުން ދެކޮޅު ހަދައިފައެއް ނުވެ އެވެ.

އެ މަޝްރޫއުތަކުގެ ބިންގާ އެޅުމަށްފަހު، މަސައްކަތް ކުރިއަށް ނުގެންދާތީ އާންމުން ގެންދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

މި ބަދަލުތަކާ ދެކޮޅު ހަދާ އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން މި ބިލަށް ނަން ދީފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ބާރު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox