އަބްދުލްއަޒީޒުގެ ޝަކުވާތައް ހުށަހަޅަން އިތުރު ވަގުތުދޭން ޓްރާންސްޕޭރެންސީން ގޮވާލައިފި

ރައްޔިތުންގެ މަޖިލިސްކުރާ ގެ -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލިސްކުރާ ގެ -- ފޮޓޯ: އަދަދު ފައިލް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން މަސައްކަތް ކުރަމުން އަންނަ އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަންކުރުމާ މެދު އާންމުންގެ ހުރި ޝަކުވާތައް ހުށަހަޅަން އިތުރު ވަގުތު ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި އަބްދުލްއަޒީޒްގެ ޝަކުވާއެއް އޮތްނަމަ، ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ދިނީ އެންމެ ހަ ގަޑިއިރެވެ. އެ މުހުލަތު މިއަދުގެ އިރުއޮއްސި 6:00 އަށް ހަމަވާނެ އެވެ.

ޓްރާންސްޕޭރެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަ ގަޑިއިއަކީ ޝަކުވާ ހުށަހެޅުމުގެ އޮންނަ މަރުހަލާގައި އާންމު ރައްޔިތުން ބައިވެރިވުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

Advertisement

ޝަކުވާ ހުށަހެޅުމަށް އެންމެ ހަ ގަޑިއިރު ދޭން ނިންމި ނިންމުން، ބަދަލުކޮށް އެކަމަށް އިތުރު ވަގުތު ދިނުމަށް އެ ޖަމިއްޔާއިން ގޮވާލައިފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް ގެންނަ އަބްދުލްއަޒީޒުގެ ޝަކުވާތައް ހުށަހަޅަން މަޖިލީހުން ދިނީ ހަ ގަޑިއިރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރުމާ މެދު އާންމުންގެ ޝަކުވާ ހުށަހަަޅަން މިހާ ކުޑަ ވަގުތުކޮޅެއް ދިނުމުން އާންމުންގެ ހައްގުތަކަށް ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ. އަބްދުލްއަޒީޒަކީ މީގެ ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ބޭފުޅެއް.

މިހާ ކުޑަ ވަގުތުކޮޅެއް ޝަކުވާ ހުށަހަޅަން ދިންއިރު، މީގެ ކުރިން ވެސް 20 ވަނަ މަޖިލީހުން ވަނީ އެހެން މައްސަލަތަކުގައި ވެސް މި ގޮތަށް އަމަލުކޮށްފަ އެވެ. މިހެން ހެދުމުން އާންމުންނަށް ލިބިފައިވާ ޝަކުވާ ހުށަހެޅުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް އިދިކޮޅު ސިޔާސީ މީހުންނާއި ބައެއް އާންމުން ބުނި ނަމަވެސް، މަޖިލީހުން އެ ކަމަކަށް އިޖާބަ ނުދެ އެވެ. 

އަބްދުލް އަޒީޒް ޖަމާލު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވީ 4 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ ވަނީ މި ސަރުކާރުގައި ވެސް ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމުތައް ފުރުއްވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ސަރުކާރަށް ތާއީދުކުރާ އަދި މި ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރަމުން އަންނަ އަބްދުލްއަޒީޒު އައްޔަންކުރަން އުޅޭއިރު، ދައުލަތުގެ ވުޒާރާތަކުންނާއި ރައީސް އޮފީހުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި، މި މައްސަލައިގައި ސަރުކާރާއި އިދާރާތަކައި ދައުލަތުގެ ކުންފުނިތައް ގޯސްކުރާތީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު، އަހުމަދު އާހިދާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑެވެ.

އެ ގޮތުން މުއިއްޒު ވަނީ އާހީދަކީ އިދިކޮޅުގެ އޯޑަރަށް މަސައްކަތް ކުރައްވާ އިދިކޮޅުގެ އެޖެންޓެއް ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އާހިދު ވަނީ މި ވާހަކަަތައް ދޮގުކުރައްވާ، އޭނާ މަސައްކަތް ކުރަނީ ގާނޫނުގައި މަތިކޮށްފައިވާ ޒިންމާތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox