ނޭޝަނަލް ޕޭމެންޓް ސްވިޗު ގާއިމުކުރުމުގެ ބާރު އެމްއެމްއޭއަށް ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: ޕޭމަންޓު ސްވިޗު ގާއިމުކުރުމުން މާލީ މުއާމަލާތްތައް ހިނގާނީ މި ސްވިޗުގެ ތެރެއިން --- ފޮޓޯ: އިމްތިޔާޒު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: ޕޭމަންޓު ސްވިޗު ގާއިމުކުރުމުން މާލީ މުއާމަލާތްތައް ހިނގާނީ މި ސްވިޗުގެ ތެރެއިން --- ފޮޓޯ: އިމްތިޔާޒު/އަދަދު

ބޭންކުތަކާއި ޕޭމަންޓު ހިދުމަތްދޭ ވިޔަފާރިތަކުން ހިންގާ ހުރިހާ މާލީ މުއާމަލާތްތަކެއް އެއް ވިއުގައެއްގެ ތެރެއަށް ގުޅުވައިދޭ ނިޒާމެއް ނުވަތަ "ނޭޝަނަލް ޕޭމަންޓު ސްވިޗެއް" ގާއިމުކުރުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ގައުމީ ޕޭމަންޓު ސިސްޓަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނަން ފާސްކުރި ބަދަލުތަކުގައި ވަނީ މި ޕޭމަންޓް ސްވިޗު ގާއިމުކުރުމުން ރާއްޖޭގައި ހުންނަ މާލީ އިދާރާތައް މެދުވެރިވެގެން ހިންގާ ޕޭމަންޓު މުއާމަލާތްތައް ރޫޓުކުރަން ޖެހޭނީ ގައުމީ ސްވިޗު މެދުވެރިކޮށް ކަމަށެވެ. އަދި، މިކަމަށް ފަހިކުރުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމަން އެ ތަންތަނުގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ރާއްޖޭގެ ބޭންކުތަކާއި ފައިސާގެ ހިދުމަތްދޭ ފަރާތްތައް އެ ވިއުގައެއްގެ ތެރެއިން ގުޅާލުމެވެ. މި ނިޒާމު ގާއިމުކުރެވުމުން "އިންޓައޮޕަރަބިލިޓީ" ގާއިމުކުރެވި، ކާޑު ނުވަތަ ޑިޖިޓަލް ވޮލެޓު މެދުވެރިކޮށް ހުރިހާ ބޭންކެއްގެ ކިއުއާރު ކޯޑަށް ނުވަތަ ޕޭމަންޓު (ޕީއޯއެސް) މެޝިނަށް ފައިސާ ދެއްކޭނެ އެވެ. 

Advertisement

ނޭޝަނަލް ޕޭމަންޓު ސްވިޗު ގާއިމުކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ހުރިހާ ބޭންކުތަކާއި މާލީ މުއާމަލާތްތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމުކުރާ "ނޭޝަނަލް ޕޭމަންޓު ސްވިޗު" ގެ ސަބަބުން ކާޑާއި ޑިޖިޓަލް ވޮލެޓުތައް މެދުވެރިކޮށް ހުރިހާ ބޭންކެއްގެ ޕީއޯއެސް އަދި ކިއުއާރު ކޯޑަށް ފައިސާ ދެއްކޭނެ މަގު ފަހިވެ، މުއާމަލާތްތަކުން ނަގާ ފީ ކުޑަ ވެގެން ދާނެ.

މި ނިޒާމުގެ ސަބަބުން މުއާމަލާތްތަކުން ނަގާ ޕްރޮސެސިން ފީ ކުޑަ ވާނެ މަގު ފަހިވެ، ގައުމުގެ މާލީ މައުލޫމާތުތައް އެތެރޭގައި ހިފެހެއްޓޭނެ މަގުފަހިވެގެންދެ އެވެ. މިއީ އިންޑިއާގައި ބޭނުންކުރާ "ޔުނައިޓެޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) އަދި ބްރެޒިލްގައި ބޭނުންކުރާ "ޕިކްސް" ފަދަ ނިޒާމެކެވެ. 

އެމްއެމްއޭގެ ޕޭމަންޓު ސްވިޗު ވެގެން ދާނީ އެ ބޭންކުން ކާމިޔާބާކަމާއެކީ ބޭނުންކުރަމުން އަންނަ އިންސްޓަންޓް ޕޭމަންޓް ނިޒާމު، "ފަވަރަ" އިތުރަށް ފުރިހަމަވެ، ޑިޖިޓަލް ފައިސާގެ ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ އެވެ. މި ސްވިޗު ވެސް ގާއިމުކުރަނީ ޕޭމަންޓު ސިސްޓަމްތައް ހިންގަން މަރުކަޒީ ބޭންކުން އުފައްދާފައިވާ ޕޭމަންޓް މޯލްޑިވްސްގެ ދަށުންނެވެ. 

މި ފަދަ ސްވިޗެއް ގާއިމުކުރެވޭތޯ އެމްއެމްއޭއިން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް އޭރު އެ މަސައްކަތް ނުވެ ރާއްޖޭގެ ބޭންކުތަކުން މި ކަމަށް އެއްބާރުލުން ނުދިނުމުންނެވެ.

މުއިއްޒު ގާނޫނު ތަސްދީގުކުރެއްވުމާއެކީ، މިއަދުން ފެށިގެން މި ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ. މިހެން ނަމަވެސް ނޭޝަނަލް ޕޭމަންޓް ސްވިޗަށް ބަދަލުކުރެވޭނީ އެމްއެމްއޭއިން ގާއިމުކުރަން ޖެހޭ އިންފްރާސްޓްރަކްޗާ އާއި އޭގެ ތެރެއަށް ބޭންކުތައް ވައްދަން ކުރަން ޖެހޭ މަސައްކަތްތައް ނިމުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox