ރިސޯޓު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށްފި ނަމަ މުޅި އިގުތިސާދު ގުޑުވާލާނެ: ނަޝީދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ނަޝީދުގެ އިތުރުން ވެސް ސިޔާސީ ގިނަ ބަޔަކު ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެފައި

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ނަޝީދުގެ އިތުރުން ވެސް ސިޔާސީ ގިނަ ބަޔަކު ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެފައި

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމަކީ މުޅި އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށް، ލޮޅުން އަރާނެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިނތައް އޮތް ތަންތަން ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓުމެންޓުތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓުތަކަށް އެކަށީގެންވާ ރަނގަޅު ނަފާއެއް ލިބޭތީ، ނަމަވެސް، މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ލިބޭ މަންފާ ކުޑަވެގެން ދިޔުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް،" ނަޝީދު ވިދާޅުވި އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރާއިރު، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ގަވަރުނަރު އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު ވިދާޅުވީ އިއްޔެ އެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ، މިހާރު އޮންނަ ގޮތަށް ބޮލަަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކުރަން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން: މަޓީ

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ، ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މަޓީން ބުނޭ. އެ އެސޯސިއޭޝަނުން ބުނީ ވަކިވަކި އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް.

މި ބަދަލުތައް ގެންނަން ބޭނުންވާ ސަބަބެއް ކަމަށް މުނައްވަރު ވިދާޅުވީ، ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ކަނޑައެޅުމުގެ މާލީ ބާރުވެރިކަން އެމްއެމްއޭއަށް ނެގުމެވެ. އޭނާ ވިދާޅުވީ، މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ މަރުކަޒީ ބޭންކަށް ވަންނަ ޑޮލަރުތައް އިތުރުކޮށް، ޑޮލަރުގެ ރިޒާވެއް ގާއިމު ކުރެވިގެން ކަމަށެވެ. 

"އަޅުގަނޑުމެން އެހެން ގައުމުތަކަށް ބަލާއިރުގައި މިސާލަކަށް ފިކްސްޑް ރެޖީމެއްގައި ވެއްޖިއްޔާމުން ރިޒާވު ހުންނާނެ އަޅުގަނޑުމެންނަށް މިސާލަކަށް އެ އެ ބޭނުންވާ ވަރަކަށް އިންޓަވެންޝަން ކުރެވޭ." މުނައްވަރު ވިދާޅުވި އެވެ.

އެމްއެމްއޭގައި ޑޮލަރު ރިޒާވު އިތުރުކޮށް، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މުނައްވަރު ވިދާޅުވި ގޮތުގައި، އެމްއެމްއޭއަށް މާރުކުރާ ޑޮލަރު އިތުރުކުރެވިގެން ކަމަށެވެ. އަދި، މިއީ އެމްއެމްއޭގެ ހުރިހާ ގަވަރުނަރު ވެސް ހިއްސާކުރެއްވި އަދި އިއްތިފާގުވާ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑޮލަރު އަގުބޮޑު ކުރަނީ ވާދަވެރި ސިޔާސީން ރާވައިގެން ހިންގާ ކުށުގެ ނެޓްވޯކަކުން ކަމަށް އިހުސާން ތުހުމަތު ކުރައްވައިފި

"ހުއްދަ ނުނަގާ ޑޮލަރު އެކްސްޗޭންޖް ކުރުމަކީ ރާއްޖޭގެ ގާނޫނުގައި ޖިނާއީ ކުށެއް އެއީ. ވަކިވަކި ފަރުދުން ވެސް އެބަ ހިމެނޭ މީގެ ތެރޭގައި އިނގޭތޯ؟ މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން އަޅުގަނޑު އަނެއްކާ ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖް ކުރުން އެނގޭތޯ؟ ބައި ޑެފެނިޝަން،" އޭނާ ވިދާޅުވި އެވެ.

މި ބަދަލުގެ އިތުރުން، މިހާރު އޮންނަ ތިން މަސް ދުވަހުގެ ބަދަލުގައި ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ވެސް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ، އާމްދަނީ ލިބޭ ކަމުގައި ވަނީ ނަމަ، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަ ކުރަނީ ކޮން ގޮތަކަށް ކަންކަން ބެލޭނެ އުސޫލުތަކެއް ގާނޫނުގައި ހިމަނަން ވެސް ވަނީ ނިންމާފަ އެވެ.

 އެ ބަދަލުތައް ގެންނަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރި ނަމަވެސް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިއްޔެ ވަނީ ބުނެފަ އެވެ.

މަޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހާއި، އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭއިރު، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox